ކޯޗިން ކެރިއާ ނިންމާލާނީ ކްލަބް އީގަލްސްގައި ކަމަށް ހަ އަހަރަށް ފަހު އަލުން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
ކޯޗިން ކެރިއާ ނިންމާލާނީ ކްލަބް އީގަލްސްގައި ކަމަށް ހަ އަހަރަށް ފަހު އަލުން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.
ސާންތީ އީގަލްސް އަށް ސޮއި ކުރީ ތިން އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނާ އީގަލްސް އަށް ސޮއި ކުރިކަން އިއުލާން ކުރަމަށް ފަހު އެ ކްލަބުން ބުނީ "ފޭން ފޭވަރިޓް ކޯޗު" އެ ކްލަބަށް އެނބުރި އަތުވެއްޖެ ކަމަށެވެ.
މިއަދު ސާންތީ ބުނީ، ކޯޗެއްގެ ގޮތުގައި އޭނާ މީހަކަށް ހަދައި ދޭނީ އީގަލްސް ކަމަށާއި ކޯޗިން ކެރިއާ ނިންމާލަން ބޭނުން ވަނީ އީގަލްސްގައި ކަމަށެވެ. ނަމަވެސް ކޯޗު ކަމުން ރިޓަޔާ ކުރާނެ ވަކި އަހަރެއް ނުބުނެ އެވެ.
"އީގަލްސް އަކީ އަޅުގަނޑުގެ ގެ. މިދިޔަ ހައެއްކަ އަހަރު ވެސް ކްލަބްގައި ނެތް ނަމަވެސް އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އީގަލްސްއިން އަބަދު ވެސް އޮވޭ. އަޅުގަނޑު ކޯޗިން ކެރިއާ ނިންމާލަން ބޭނުން ވަނީ ވެސް އީގަލްސްގައި ހުރެގެން،" 2016 ގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އީގަލްސް އަށް ހޯދައި ދިން ކޯޗު ބުންޏެވެ.
"މިހާރު ވެސް އީގަލްސް އަކީ ވަރުގަދަ ޓީމެއް. އެކަމަކު އާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ޓީމު ބިނާ ކުރުމުގެ މަސައްކަތް އީގަލްސްގައި އަނެއްކާ ވެސް އަޅުގަނޑު ކުރާނަން. އެ މަސައްކަތަކީ އަޅުގަނޑު އަބަދުވެސް ޝައުގުވެރި ކަމާއެކު ކުރާ މަސައްކަތެއް. އީގަލްސްގައި އެ މަސައްކަތް ދަމަހައްޓާނަން."
އީގަލްސްގެ ކޯޗުކަމަށް ސާންތީ (ކ) ހަމަޖެއްސުމަށް އެ ކްލަބްގެ ކޮންޓްރެކްޓްގައި ޗެއާޕަސަން ފާތިމަތު ސުއާދު (ވ) އާއެކު ސޮއި ކުރަނީ --- ފޮޓޯ: އީގަލްސް
މިދިޔަ ދެ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީ އަށް ކޯޗުކޮށް ދިން ސާންތީ 2017 ގައި އީގަލްސްގެ ކޯޗު ކަމުން އިސްތިއުފާ ދިނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައި ނުދެވި ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ. އޭގެ ފަހުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި އެވެ.
ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ހަވާލުވެ ސާންތީ ބުނީ ޔޫވީ އާއި އީގަލްސްގެ އެންމެ ބޮޑު ތަފާތަކީ މެނޭޖުމެންޓް ކަމަށެވެ. އޭނާ މިއަދު ބުނީ އޭރު އީގަލްސްގައި މެނޭޖްމެންޓް ސައިޑުން ކުރިމަތިވި މައްސަލަތަކަށް، މިފަހަރު ކޮންޓްރެކްޓް އާ ކުރުމުގެ ކުރިން މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ.
ޔޫވީގައި ސާންތީގެ ކޯޗުކަމުގެ ދަށުން މަސައްކަތް ކުރި ބައެއް ކުޅުންތެރިން މިހާރު ވެސް ވަނީ އީގަލްސް އަށް ގެނެސްފަ އެވެ. އެގޮތުން ވައަތު ބެކް މޫސާ އަޒީމް ހަސަން އައި ޒުހައިރް، އައިހަމް ސައީދު (އައިކޮ) އަދި އަދި އަބްދުﷲ އާމިން އަލީ ވަނީ އީގަލްސް އަށް ސޮއި ކުރުވައިފަ އެވެ.
ސާންތީގެ ކޯޗުކަމުގެ ދަށުން ކުރިން އީގަލްސް އަށް ކުޅުނު އިބްރާހިމް މުބީން (މުއްކި) ވެސް ވަނީ އެ ޓީމަށް ގެނެސްފަ އެވެ. އަދި ޓީސީ އަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ޓީސީ އަށް ތިން އަހަރަށް ވަނީ ސޮއިކޮށްފަ އެވެ.
ސާންތީ ބަލިވެ އުޅޭތީ އީގަލްސްގެ ކޯޗުކަށް މޯހަން
އީގަލްސް ކާމިޔާބީ ތަކުރާރުކުރަން މާޒިޔާއާ ދެކޮޅަށް
ސެމީ ފައިނަލްގެ ކުރިން ސާންތިގެ ތައުރީފް ނިޒާމްބެ އަށް
"އީގަލްސް ކުޅޭނީ ފުރަތަމަ މެޗުން ފިލާވަޅު ލިބިގެން"
ސާންތީ ބުނަނީ މާޒިޔާ އެހާ ތަފާތު ނޫން ކަމަށް
ހުރިހާ ޕްރެޝަރެއް އޮތީ މާޒިޔާ އަށް: ސާންތި
އީގަލްސް އިން ނުފެނިދާނެ: ސާންތީ
އީގަލްސްގެ މި ފަހަރުގެ އަމާޒަކީ ވެސް ނިއު ބަލިކުރުން
ސާންތީގެ ހިތްވަރު: ވަރުގަދަ ޑިފެންސެއް އޮތުން!
ލީގުގެ ފޯރި ގަދަވީ ދެ ބުރު ކުޅޭތީ: ސާންތީ