ކްލަބް އީގަލްސްގެ ކޯޗުކަމުން ކުރިއަށް އޮތްތަނުގައި ނުފެނިދާނެ ކަމަށް އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
ކްލަބް އީގަލްސްގެ ކޯޗުކަމުން ކުރިއަށް އޮތްތަނުގައި ނުފެނިދާނެ ކަމަށް އިހުސާން އަބްދުލްގަނީ (ސާންތީ) ބުނެފި އެވެ.
މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އީގަލްސް އަށް ކާމިޔާބުކޮށްދިން ސާންތީ އަށް މި އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް އެ ޓީމު ގެންގޮސްނުދެވުނެވެ. އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހު މެޗުން އިއްޔެ ހަވީރު ގްރީންސްޓްރީޓްސް އަތުން 1-0 އިން ބަލިވެ އެ ޓީމު ވަނީ ގަދަ ހަތަރަކުން ކަޓައިފަ އެވެ.
ސާންތީ ބުނީ އީގަލްސް އިން އެ ކްލަބުގެ ނިސްބަތުން ވަރަށް ބޮޑު ހަރަދެއް ކުރި ކަމަށާއި ގަދަ ހަތަރަކަށް ކޮލިފައިނުވުމަކީ އެކަމާ ބަލާއިރު ބޮޑު ނާކާމިޔާބެއް ކަމަށެވެ.
"ފުޓްބޯޅައިގައި ކޯޗު ޒިންމާ ނަގަން ޖެހޭނީ. ދެން މިހިސާބުން އަޅުގަނޑު ވިސްނަން ޖެހޭނީ މަޑުކުރުމާ މެދު. އަޅުގަނޑު މި މަގާމުން ނުފެނިދާނެ. އެއީ އެހެން އޮފާއެއް ވެސް އޮތުމާ އެކު،" ސާންތީ ބުންޏެވެ.
އޭނާ ބުނީ ފުޓްބޯޅައާ މުޅިން ދުރުގައި ހަތަރު ވަރަކަށް ދުވަހުގެ ޗުއްޓީއެއް ނަގާނެ ކަމަށާއި އެއަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.
މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ޓީމަކާ ސާންތީ ހަވާލުވެދާނެ ކަމަށް ވާހަކަދެކެވެ އެވެ. އަދި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ވެސް އޭނާ ހަވާލުވާން އުޅޭ ކަމަށް ވަނީ އަޑުތައް އަރައިފަ އެވެ. ސާންތީ ބުނީ އޭގެން އެއްވެސް ކަމަކަށް މިވަގުތު އެއްޗެކޭ ބުނަން ބޭނުންނުވާ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ސާންތީ އީގަލްސްއާ 2011 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ފެނުނީ ގައުމީ ޓީމުންނެވެ. އީގަލްސްއާ ހަވާލުވެ ޒުވާން ކުޅުންތެރިން ގެނެސް އޭނާ ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ. ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސް އިން ވަނީ އެފްއޭ ކަޕް ފައިނަލުގައި އެއް ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ދެ ފަހަރު ކުޅެ އެއް ފަހަރު ތަށި ހޯދައިފަ އެވެ.
ސާންތީ ބަލިވެ އުޅޭތީ އީގަލްސްގެ ކޯޗުކަށް މޯހަން
އީގަލްސް ކާމިޔާބީ ތަކުރާރުކުރަން މާޒިޔާއާ ދެކޮޅަށް
ސެމީ ފައިނަލްގެ ކުރިން ސާންތިގެ ތައުރީފް ނިޒާމްބެ އަށް
"އީގަލްސް ކުޅޭނީ ފުރަތަމަ މެޗުން ފިލާވަޅު ލިބިގެން"
ސާންތީ ބުނަނީ މާޒިޔާ އެހާ ތަފާތު ނޫން ކަމަށް
ހުރިހާ ޕްރެޝަރެއް އޮތީ މާޒިޔާ އަށް: ސާންތި
ސާންތީ އީގަލްސް އަށް، ކެރިއާ ނިންމާލާނީ އެ ޓީމުގައި
އީގަލްސްގެ މި ފަހަރުގެ އަމާޒަކީ ވެސް ނިއު ބަލިކުރުން
ސާންތީގެ ހިތްވަރު: ވަރުގަދަ ޑިފެންސެއް އޮތުން!
ލީގުގެ ފޯރި ގަދަވީ ދެ ބުރު ކުޅޭތީ: ސާންތީ