ސިއްހީ ދާއިރާގެ 55 ޕްރޮޕެޝަނަށް ބަހާލައި އެފަރާތްތަކަށް މުސާރައިގެ އޮނިގަނޑު ކަނޑައަޅަފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
13 ފެބުރުއަރީ 2023
ސިއްހީ ދާއިރާގެ 55 ޕްރޮޕެޝަނަށް ބަހާލައި އެފަރާތްތަކަށް މުސާރައިގެ އޮނިގަނޑު ކަނޑައަޅަފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ފައިސަލް ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރަތައް ކަނޑައެޅީ ގިނަ މަޝްވަރާތަކަކަށް ފަހު ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އެއް އަހަރު ތެރޭ، އެ ދާއިރާގެ ޖަމިއްޔާ ޖަމާއަތްތަކާއި ހެލްތް މިނިސްޓްރީއާ އެކު މުހިއްމު ގިނަ ބައްދަލުވުންތަކެއް ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"55 ޕްރޮފެޝަން އެބައޮތް ސިއްހީ ދާއިރާގައި. މި ހުރިހާ ޕްރޮފެޝަންގައި މީހުން ތިބީކީއެއް ނޫން. ދިވެހިން ވެސް ނެތް. އެކަމަކު ވަރަށް ރަނގަޅު މުސާރަތަކެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް މި ދާއިރާއަށް ދިވެހިން ކުރިމަތިލުން،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޕޭ ކޮމިޝަނުން ކުރިއަށްގެންދަނީ ދައުލަތުގެ ޕޭ ފްރޭމްވޯކް އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އަންނަ މެއި މަހު ޔުނިވާސިޓީ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށެވެ.
ސިއްހީ ދާއިރާގެ މީހުންގެ މުސާރަ މި އަހަރުގެ މޭ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް މިއަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 337 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވައިލުމާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުރީގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލު އަންނާނެ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު، ހުރިހާ ފަންނަކަށް ހަމަ ހަމަ އުސޫލުތަކެއް ކަނޑައެޅުމަކީ އެ ކޮމިޝަނުގެ އެންމެ ބޮޑު ބޭނުން ކަމަށެވެ.
"މިދިޔަ އަހަރު ހުންނާނެ މިންގަނޑުތަކެއް އާންމުކޮށްފައި. ސިއްހީ ދާއިރާ ވެސް މިއަށް ބަދަލުވާނީ. ހަމައެގޮތަށް ޔުނިވާސިޓީ ދާއިރާ ވެސް ބަދަލު އަންނާނެ. ހާމަނައިޒް ކުރާ އިރު ބަދަލުތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"
އެއާޕޯޓް ނިންމަން ސައުދީން އިތުރު 100 މިލިއަން
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
"ކައުންސިލް މުވައްޒަފުންގެ ބޯނަހަށް ސަރުކާރު ދެކޮޅު"
އިދާރީ މުވައްޒަފުންގެ މުސާރަ 35 ޕަސެންޓަށް ބޮޑުވޭ