Roadha Mihaaru
ސޮބާ ވިކްޓަރީއަށް، އަކޫ އާއި އުމޭރުވެސް ސޮއިކޮށްފި

ވިކްޓަރީގެ ކޯޗަކަށް ސޮބާ، ދެވަނަ ޑިވިޝަނުގައި ކުޅެން ގައުމީ ކެޕްޓަން އަކޫ އާއި އުމޭރު ވެސް ސޮއިކޮށްފި

13 ފެބުރުއަރީ 2023

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އިރުޝާދު ދިނ ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އިރުޝާދު ދިނ ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.

ދެވަނަ ޑިވިޝަންގައި މި އަހަރު ވެސް ވާދަކުރާ ކްލަބަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމޭރު ވެސް މިރޭ ވަނީ ސޮއި ކޮށްފަ އެވެ.

އަނިޔާގައި ހުރި އަކުރަމް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ދޫކޮށްލުމަށް ފަހު ދެވަނަ ޑިވިޝަނަށް ބަދަލުވުމުން މި އަހަރު ގައުމީ ޓީމުގައި އޭނާގެ ޖާގަ ލިބޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ރާއްޖޭގައި އާންމުކޮށް ދެވަނަ ޑިވިޝަނުން ސީނިއާ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަކީ ކުރާ ކަމެއް ނޫނެވެ.

ވިކްޓަރީ އަށް ކުރިން ކުޅުނު އަކްރަމް ވަނީ ކުރީގެ ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން 2012 ގައި އެ ކްލަބަށް ކުޅެފަ އެވެ. ވިކްޓަރީން 2006 ގައި ސީނިއާ ކެރިއާ ފެށި އުމޭރު ވެސް އެންމެ ފަހުން ވިކްޓަރީ އަށް ކުޅުނީ އެ އަހަރު އެވެ.

ކުރިން ވިކްޓަރީގެ ކެޕްޓަންކަން ވެސް ކުރި ސޮބާ މިދިޔަ އަހަރު ވަނީ ނިއު ގޮވައިގެން ނުކުމެ ދެވަނަ ޑިވިޝަނުގައި ވިކްޓަރީ ބަލިކޮށްފަ އެވެ. މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގައި ވިކްޓަރީ އަށް ކޯޗުކޮށް ދިނީ ސްރީ ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް ޕަކީރް އަލީ އެވެ. މިދިޔަ އަހަރު ވިކްޓަރީން ބޮޑު ހަރަދެއް ކުރި ނަމަވެސް ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.