ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދެވުން، އެއީ އެ ކްލަބަށް ކޮށްދެވުނު ބޮޑު ހިދުމަތެއްކަމުގެ އިހްސާސް ކުރެވޭކަމަށް ފޯވާޑް މުހައްމަދު އުމޭރު ބުނެފި އެވެ.
13 ފެބުރުއަރީ 2024
ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދެވުން، އެއީ އެ ކްލަބަށް ކޮށްދެވުނު ބޮޑު ހިދުމަތެއްކަމުގެ އިހްސާސް ކުރެވޭކަމަށް ފޯވާޑް މުހައްމަދު އުމޭރު ބުނެފި އެވެ.
ވާދަވެރި ނިއު ރޭޑިއަންޓްގެ މައްޗަށް އިއްޔެ ކާމިޔާބު ހޯދައި، ވިކްޓަރީން ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުކޮށްފަ އެވެ.
ވިކްޓަރީގެ އެ ކާމިޔާބުގައި އެންމެ މުހިންމު ހިއްސާއެއްވި ކުޅުންތެރިޔަކީ އެ ކްލަބުން ސީނިއާ ކެރިއާ ފެށި އުމޭރު އެވެ.
"އުމޭރު އުމޭރަށް ހަދައި ދިނީ ވިކްޓަރީ. ސްކޫލް ނިމުނުތަނުން އުމުރުން 17 އަހަރުގައި ވިކްޓަރީއަށް ކުޅެން އަޅުގަނޑަށް ފުރުސަތު ދީފި،" އިއްޔެގެ ކާމިޔާބަށް ފަހު "މިހާރު" އަށް އުމޭރު ބުންޏެވެ.
އުމެއިރު، އިއްޔެގެ މެޗުގައި ގޯލު ޖެހުމަށްފަހު އުފާފާލު ކުރަނީ.-- ފޮޓޯ: މިހާރު
"މިހާރު އަޅުގަނޑު ވެސް ކެރިއާގެ ފަހުކޮޅަށް މިހުރީ އައިސްފަ. މި ކްލަބް އަލުން ފަސްޓް ޑިވިޝަނަށް ޕްރޮމޯޓްކޮށްދޭން އެހީތެރި ވެވުނީމަ ކްލަބަށް ބޮޑު ހިދުމަތެއް ކޮށްދެވުނު ކަމުގެ އިހްސާސް ކުރެވޭ."
އޭނާ ބުނީ ކްލަބްގެ މިހާރުގެ މެނޭޖުމެންޓުން އޭނާ އަށް ސޮއި ކުރަން ހުށަހެޅި ހިސާބުން ވެސް ވިކްޓަރީ އަށް އެކަން ކޮށްދޭން އަޒުމު ކަނޑައެޅި ކަމަށެވެ.
"އަޅުގަނޑުގެ ކެރިއާގައި އެހާ މުހިންމު ސަޕޯޓެއް ދިން ކްލަބަކަށް ވާތީ އަނެއްކާވެސް ވިކްޓަރީއަށް ކުޅެން މެނޭޖްމެންޓުން ހުށަހެޅީމަ އަޅުގަނޑު ހިތައް އެރި މިފަހަރު އެއްވަނަ ޑިވިޝަނަށް ޓީމު ޕްރޮމޯޓްކޮށްދޭނަމޭ. އެކަން ކޮށްދެވިއްޖެ މިއީ ކްލަބް ފުޓްބޯޅައިގައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ދުވަހެއް،" މައުރޫފް އަހްމަދު (މާއްޓޭ) ގެ ކޯޗުކަމުގެ ދަށުން 2006 ގައި ވިކްޓަރީން ސީނިއާ ކެރިއާ ފެށި އުމޭރު ބުންޏެވެ.
ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލުގައި މިއަދު ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން: ވިކްޓަރީގެ ފޯވާޑް އުމޭރު (ވ) އާއި ރިޒްހާން (ކ) އުފާފާޅު ކުރަނީ: ނިއު ބަލިކޮށް ވިކްޓަރީ ވަނީ އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދާފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް ވިކްޓަރީން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ކްލަބުން ބޭނުންވާ ކަމަށްވާނަމަ އެ ކޮމިޓްމެންޓް ދީފަ އިންނާނީ،" އުމޭރު ބުންޏެވެ.
މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަން މުބާރާތުން ވެސް ވިކްޓަރީން ވަނީ އެއްވަނަ ޑިވިޝަނަށް އެރުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެފަހަރު ވެސް ބޮޑު ހަރަދު ކުރި ނަމަވެސް އެ ޓީމަށް ގުރޫޕް ސްޓޭޖަށް ވުރެ ދުރަކަށް ނުދެވުނެވެ.
އެފްއޭއެމުން މި އަހަރު ނިންމާފައި އޮތީ ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށެވެ. ފައިނަލުގައި ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ ފުރަތަމަ ސެމީ ފައިނަލުގައި ޓެންޓް ބަލިކޮށް ފައިނަލުން ޖާގަ ހޯދި މަސްއޮޑި އެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
ކުޅުންތެރިން މާޔޫސްވެ އެއް ވަނަ ޑިިވިޝަނާ ދުރަށް
ސޮބާ ވިކްޓަރީއަށް، އަކޫ އާއި އުމޭރުވެސް ސޮއިކޮށްފި
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟
ޓީނޭޖް އަތުން ބަލިވެ ވިކްޓަރީގެ ބާރު ކެނޑިއްޖެ