Roadha Mihaaru
ސްޓޫޑެންޓް ލޯނުގެ އިތުރު 720 ފުރުސަތު ހުޅުވާލައިފި

ޑިމާންޑު ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށް ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި

15 ފެބުރުއަރީ 2023

ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރު ތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ލޯނުގައި ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔެވުމަށް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ޕައިލެޓް ކޯހަށް 10 ފުރުސަތު ހުޅުވާލިއިރު މި އަހަރު ޕައިލެޓް ޓްރެއިނިންއަށް 60 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިދިޔަ އަހަރު އެމްބީބީއެސްއަށް 25 އަދި މެޑިސިންއަށް ހުޅުވާލީ 10 ފުރުސަތެވެ. ނަމަވެސް މި އަހަރު އެމްބީބީއެސްގެ ޑިގްރީ ހެދުމަށް 55 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިންގެ މާސްޓާސް ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެވެ.

މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ކުދިންނަށް ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ހުޅުވާލި އެވެ.

މި ލޯނުތަކަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.