Roadha Mihaaru
ޑޮކްޓަރުން ސްޕެޝަލައިޒްވާން ހަ ސްކޮލާޝިޕް ދީފި

ޑޮކްޓަރުން ސްޕެޝަލައިޒްވާން ހަ ސްކޮލާޝިޕް ދީފި

17 އޯގަސްޓް 2023

މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް މި ސަރުކާރުން މި އަހަރު ހުޅުވާލި ސްކޮލާޝިޕްގެ ފުރުސަތު ހަ މީހަކަށް ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް މި ސަރުކާރުން މި އަހަރު ހުޅުވާލި ސްކޮލާޝިޕްގެ ފުރުސަތު ހަ މީހަކަށް ދީފި އެވެ.

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލާޝިޕް 2023" އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ހަޔާ އެޑިޔުކޭޝަންގައި ބާއްވާފަ އެވެ.

ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލާޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް މި އަހަރު ހަތް ދާއިރާއަކުން ހުޅުވާލި އެވެ.

އެނެސްތީސިއޮލޮޖީ

އިންޓާނަލް މެޑިސިން

ސްޕައިން ސާޖަރީ

ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ

ގައިނޮކޮލޮޖީ

ޖެނެރަލް ސާޖަރީ

ޕީޑިއޭޓްރިކްސް

ހަޔާ އެޑިޔުކޭޝަނުން ބުނީ މިފަހަރުގެ ސްކޮލާޝިޕަށް 49 އެޕްލިކޭޝަން ލިބުނު ކަމަށެވެ.

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023" އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

"މެޑިކަލް ޑޮކްޓާސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 2023" އަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

ހަ ދަރިވަރަކަށް ސްކޮލާޝިޕް ހަވާލުކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖޭގެ މަސައްކަތްކުރާ އެކިއެކި ދާއިރާތަކުގެ މީހުންނަކީ ފަންނީ ހުނަރުވެރިންނަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ހެލްތް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ސްކޮލާޝިޕް ސްކީމްތަކެއް މިހާރު ވެސް ހަޔާ އެޑިޔުކޭޝަނުން ހިންގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދު ހަވާލުކުރި ސްޕެޝަލައިޒްޑް ސްކީމްގެ ދަށުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމުން ސިއްހީ ދާއިރާއިންދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެ، ފުރިހަމަ ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިއަދު ފުރުސަތު ލިބިގެންދިޔަ ޑޮކްޓަރުން ކިޔަވައި ނިމިގެން، ގައުމަށް އެނބުރި އައުމުން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ.

ސަރުކާރުގެ ހަރަދުގައި ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އެ ސްކޮލާޝިޕުން ކިޔެވުން ނިންމުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޝަރުތު ކުރެ އެވެ. އެހެންކަމުން، ޕްރޮގްރާމް ނިންމުމަށްފަހު، މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތީން ރާއްޖެއަށް ހިދުމަތްކުރުން ލާޒިމުވާނެ އެވެ.