ކުރީގެ އަނިޔާވެރިކަން އެމްޑީޕީގެ އެއް ބަޔަކު މިއަދު ހަނދާން ނެތިފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވި އެވެ.
17 ފެބުރުއަރީ 2023
ކުރީގެ އަނިޔާވެރިކަން އެމްޑީޕީގެ އެއް ބަޔަކު މިއަދު ހަނދާން ނެތިފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދަން ނިކުތް އެމްޑީޕީން ފެށި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާ ލިބި އެތައް އާއިލާއެއް ބިކަވެގެން ދިޔަ ކަމަށެވެ. އަދި އަނިޔާވެރިކަން އޮތީ އަދިވެސް ފުރުސަތެއް ލިބޭތޯ ބަލަބަލާ ކަމަށާއި އެހެން ނަމަވެސް އެކަން ހަނދާން ނެތިފައިވާ ބަޔަކު އެމްޑީޕީގައި ތިބުމުން ހިތާމަ ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ހަގީގަތް އަޅުގަނޑުމެން އަބަދުވެސް ގަބޫލު ކުރަން އެބަޖެހޭ. އެކަން އަޅުގަނޑުމެން ދަންނަންޖެހޭ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް އެ ހާލަތު ހަނދާން ނެތި މިއަދު ތިބި ކަން." ޕްރައިމަރީގައި ރައީސާ ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އިޝާރާތް ކުރައްވައި، ފައްޔާޒް ވިދާޅުވި އެވެ.
ރައީސާއި ފައްޔާޒްގެ އިތުރުން މެމްބަރު ނާޝިޒް --- މިހާރު ފޮޓޯ/ނިޝާން އަލީ
ފައްޔާޒް ވިދާޅުވީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ބޭއިންސާފު ދެކެން ދިވެހިން އިތުރަށް ބޭނުންނުވާ ކަމަށެވެ. އަދި އެމްޑީޕީއަށްޓަކައި އޭރު ގުރުބާންވި މީހުން ވެސް މިހާރު އެދެނީ އެ މީހުންގެ ލޭ އޮހޮރުވައިގެން ހޯދި މިނިވަންކަން ގެއްލުނަ ނުދީ، އުފާވެރި ދިރިއުޅުމެއް ދިވެހިންނަށް ލިބުމަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، މި ފެށި މަސައްކަތާ އެކު ކުރިއަށް ދިއުން. އެއީ އެ މީހުން ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި އެންމެން އެއް އަމާޒަކަށް ދެވޭނީ ރައީސާ އެކު ނިކުމެ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ އޭނާ ވިދާޅުވި އެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
މި ހޫނަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ވެވިދާނެ؟
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު