Roadha Mihaaru
ފެން ޓޭންކެއް ފަޅައިގެންގޮސް ތިލަފުށިން ފެން ކެނޑިއްޖެ

ފެން ޓޭންކެއް ފަޅައިގެންގޮސް ތިލަފުށިން ފެން ކެނޑިއްޖެ

19 ފެބުރުއަރީ 2023

ކ. ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ޓޭންކެއް މިއަދު ފަޅައިގެން ގޮސް އެ ރަށުން ފެން ކެނޑިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ޓޭންކެއް މިއަދު ފަޅައިގެން ގޮސް އެ ރަށުން ފެން ކެނޑިއްޖެ އެވެ.

ތިލަފުށީގެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ރަށުގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

އެތަނުން ބުނީ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ސިނާއީ މަސައްކަތްކުރާ ތިލަފުށީގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ރަށެއްގައި ސަޕްލައި ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.