Roadha Mihaaru

ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

22 ފެބުރުއަރީ 2023

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ގާޒީ އާދަމްގެ މައްސަލައެއް ޖޭއެސްސީން 2021 ވަނަ އަހަރު ބަލަން ފެށީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރި ކަމަށް ބުނެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ޖޭއެސްސީން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ ހަފުތާގައި ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.

ފަނޑިޔާރުންނާ ގުޅޭ ގިނަ ޝަކުވާތަކެއް ޖޭއެސްސީން މިހާރު ދަނީ ނިންމަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށް އަދި ބައެއް ފަނޑިޔާރުންނަށް ނަސޭހަތް ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކުރާކަށް ނުނިންމަ އެވެ.