Roadha Mihaaru
ތަނެއް ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

22 ފެބުރުއަރީ 2023

މާލޭ ގެސްޓްހައުސްއެއް ފާސްކޮށް، ހަށި ވިއްކުމުގެ ތުހުމަތުގައި ފުލުހުން ރޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ ގެސްޓްހައުސްއެއް ފާސްކޮށް، ހަށި ވިއްކުމުގެ ތުހުމަތުގައި ފުލުހުން ރޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

"ރޯޅި" ނަމަކަށް ކިޔާ ގެސްޓްހައުސްއިން ފުލުހުން އަތުލައިގަތީ، ދިވެހި ފިރިހެނެއްގެ އިތުރުން ބިދޭސީ ދެ އަންހެނަކާއި ބިދޭސީ ފިރިހެނެކެވެ. ނަންތައް އަދި ހާމަނުކުރިޔަސް އެ މީހުންގެ އުމުރުތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ހަށިވިއްކާ ކަމަށް ތުހުމަތު ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

"މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެންމީހާ ހައްޔަރުކޮށްފައި ވަނީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް،" ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ މިކަހަލަ އޮޕަރޭޝަންތައް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެކަމަކު މާލޭގައި ހަށިވިއްކުން ވަރަށް ބޮޑަށް އާންމުވެ، އެކަން ހުއްޓުވުމަށް ފުލުހުން ފިޔަވަޅު ނާޅާތީ އާންމުންގެ ފާޑުކިޔުންތައް ވެސް އޮތީ އަމާޒުވެފަ އެވެ.

މި ފަހަރު ބަޔަކު ހައްޔަރުކޮށްފައި މި ވަނީ މަސާޖުކުރުމުގެ ނަމުގައި ހިންގާ ތަންތަނުގައި ހަށި ވިއްކުމުގެ ވިޔަފާރި ފުޅާވުމުން އެކަމާ ދެކޮޅަށް ގަވައިދެއް ހަދައި، މަސާޖުކުރާ ތަންތަން ހިންގުމަށް އާ ގަވައިދެއްގެ ދަށުން ރަޖިސްޓްރީކުރަން އިއްޔެ ގަވައިދެއް ގެޒެޓްކޮށްފައި ވަނިކޮށެވެ.