26 ފެބުރުއަރީ 2023
ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ވެއްޓުނު ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ވެއްޓުނު ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ހަވީރު 4:40 ހާއިރު ހިނގި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، އިތުރު ފަރުވާ ދިނުމަށް ފަހުން ވަނީ ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މަރުވި މީހާ އާއި އަނިޔާވި ތިން މީހުންނަކީ އިންޑިއާ މީހުން ކަމަށެވެ. ދެން ހިމެނެނީ ބަންގްލާދޭޝް މީހެކެވެ. އޮފިޝަލް ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު "ކްރިޓިކަލް" ކަމަށާއި ދެން ތިބި މީހުންނަށް ވެސް އެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދެވޭނެ ކަމަށް ނުފެންނާތީ މާލެއަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރަށު ކައުންސިލްގެ މެމްބަރު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އެމްޓީސީސީ އިން ބީޗު ސަރަހައްދުގެ ގޯއްޗެއްގައި ހުރި ރުއްތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކަމަކު ރުއްތައް ނެގުމަކީ މީހަކު އެދިގެން ކޮށްދިން މަސައްކަތެއް ކަމަށާއި އެގޮތަށް ބައެއް މީހުން އެދޭ ކުދިކުދި ކަންކަން ވަގުތު އޮންނަ ވަރަކުން ކުންފުނީގެ މުވައްޒަފުން ކޮށްދޭ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ހާދިސާގައި އަނިޔާވި އެންމެންނަކީ ވެސް އެމްޓީސީސީގެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 4:44 ގައި ކަމަށާއި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި މިހާރު ގެންދަނީ މަރުވި މީހާގެ ހަށިގަނޑާއި އަނިޔާވި ތިން މީހުން ވެސް މާލެ ގެނައުމުގެ މަސައްކަތްކުރަމުން ކަމަށާއި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ލިބިފައިވާ ބައެއް ވީޑިއޯތަކުން އެނގޭ ގޮތުގައި ވިއްސައިގެން ގޮސް އެކެއްގެ ބޯ ޖެހިފައި އޮތީ ކޮންކްރީޓް ގަނޑެއްގަ އެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް ލޭތައް ފައިބަމުން ދިޔައިރު އޭނާއަށް ހަރަކާތް ކުރެވެނީ ވަރަށް ކުޑަކޮށެވެ. ބައެއް މީހުންގެ ބޭރުފުށުން ޒަހަމެއް ވީޑިއޯތަކުން ބަލާއިރު ނުފެނުނަސް ތިބީ ހަރަކާތް ހުއްޓިފަ އެވެ.
ބުރުނީ ހާދިސާ: އިމަޖެންސީގައި ދެ މީހަކަށް ފަރުވާ ދެނީ
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ
އިންޑިއާގެ އާއިލާއެއް ފެންގަނޑަކަށް ދަމައިގަނެ މަރު
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ