Roadha Mihaaru

ކުޑަހުވަދޫގައި މުދާ އުފުލާ ޕިކަޕެއް ފަޅުތެރެއަށް ވެއްޓިއްޖެ

ދ. ކުޑަހުވަދޫގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ، މިއަދު ފަޅު ތެރެއިން މޫދަށް ވެއްޓިއްޖެ އެވެ.

ކުޑަހުވަދޫގައި މުދާ އުފުލާ ޕިކަޕެއް ފަޅުތެރެއަށް ވެއްޓިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 މާޗް 2025

ދ. ކުޑަހުވަދޫގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ، މިއަދު ފަޅު ތެރެއިން މޫދަށް ވެއްޓިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ ޕިކަޕު މޫދަށް ވެއްޓުނީ ބަނދަރުގައި މުދާ އެރުވުމަށްފަހު ފަހަތަށް ޖެއްސި ގަޑީގައި ބުރެކި މައްސަލަ ޖެހި، ކޮންޓްރޯލް ނުވެގެން ކަމަށެވެ.

ކޮންޓްރޯލް ނުވެ ގޮސް ޕިކަޕް ވެއްޓުނީ ފަޅުތެރެއަށެވެ.

އެ ވަގުތު ޕިކަޕުގެ ޑްރައިވަރު ފިޔަވައި އިތުރު މީހެއް ނެތެވެ.

އެ މީހާއަށް ވެސް އަނިޔާއެއް ނުލިބެ އެވެ.

"މުދާ ހުރި ކޮންމެ ވެސް ވަރަކަށް." ޖާދުﷲ ވިދާޅުވި އެވެ.