Roadha Mihaaru
ޝާހިދު، ކޮންފަރެންސަކަށް އިންޑިއާއަށް ވަޑައިގެންފި

ޝާހިދު، ކޮންފަރެންސަކަށް އިންޑިއާއަށް ވަޑައިގެންފި

01 މާޗް 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިންޑިއާއަށް ވަޑައިގަތީ މާދަމާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފަށާ ރައިސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ. މިއީ އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ޝާހިދު ބައްދަލު ކުރައްވާނެ ކަމަށެވެ.

މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ސަރުކާރުން ބައެއް މަޝްރޫއުތައް މިހާރު ކުރިއަށް ގެންދަނީ އިންޑިއާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ.