Roadha Mihaaru
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ

ރާއްޖެ-ކޮޗިން ފެރީ ދަތުރުރައް 2-3 މަސް ތެރޭގައި ފެށޭނެ: ސަރުކާރު

13 އޯގަސްޓް 2020

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީ ދަތުރުތައް ކުރިއަށް އޮތް 2-3 މަސް ތެރޭގައި ފެށޭނެ ކަމަށް ރާއްޖޭގެ ފޮޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީ ދަތުރުތައް ކުރިއަށް އޮތް 2-3 މަސް ތެރޭގައި ފެށޭނެ ކަމަށް ރާއްޖޭގެ ފޮޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި މިއަދު ގިނަ މަޝްވަރާތަކެއް ކުރެއްވިއިރު، ހދ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފަށަން ނިންމާފައިވާ ފެރީ ދަތުރުގެ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ. ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށް ވުމުން، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އެ ގައުމު މެދުވެރިކޮށް، ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ދެ ގައުމުން ސޮއިކުރީ ޖޫން، 2019 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.

އެކަމަކު، އެކަމާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ދިވެހިންގެ ތެރޭގައި އުފެދިފައި ވެއެވެ. އެގޮތުން އެއީ މަސްތުވާތަކެއްޗާއި ވަގު ޕާސްޕޯޓުގައި މީހުން އެތެރެވުމަށް ހުޅުވޭ ދޮރެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.