ސަލާމަތީ ބާރުތައް ގުޅިގެން ގޭންގުތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް، ގޭންގު ހަމަލާއެއްގައި މީހަކު މަރާލުމަކީ ފެއިލްވުމެއް ނޫން ކަމަށާއި އެގޮތަށް އެތައް ހަމަލާއެއް ހުއްޓާލާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
07 މާޗް 2023
ސަލާމަތީ ބާރުތައް ގުޅިގެން ގޭންގުތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް، ގޭންގު ހަމަލާއެއްގައި މީހަކު މަރާލުމަކީ ފެއިލްވުމެއް ނޫން ކަމަށާއި އެގޮތަށް އެތައް ހަމަލާއެއް ހުއްޓާލާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ޖެނުއަރީ 9، 2022 އިން ފެށި މާލެ ސަރަހައްދުގައި އެންމެ ހަރަކާތްތެރި އަދި ގިނަ މީހުން އުޅޭ ގާތްގަނޑަކަަށް 10 ވަރަކަށް ގްރޫޕެއް މޮނީޓާކުރަމުންނެވެ. އެގޮތަށް، އެ މީހުން އުޅޭ ގޮތް ބަލައި އެ ހަރަކާތް ޑިސްޓްރެކްޓުކޮށް، ސްޕޮޓް ފާސްކުރެ އެވެ.
އެ އޮޕަރޭޝަން ގެންދަނިކޮށް އަދި ގޭންގު ހަމަލާތައް ކޮންޓްރޯލްވެފައި އޮތުމަށްފަހު އެ ފަދަ ހަމަލާއެއްގައި މިދިޔަ ހަފުތާގައި ވަނީ ޒުވާނަކު މަރުވެފަ އެވެ. އެންސީ ޕާކާއި ކުޑަ ހެންވޭރު ގްރޫޕާ ދެމެދު ޖެހުނު މައްސަލައެއްގައި މަރުވީ އެންސީ ޕާކަށް ނިސްބަތްވާ 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) އެވެ.
އެކަމާ ގުޅިގެން ސީޕީ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ ސެކިއުރިޓީ ކިތަންމެ ރަނގަޅަށް ބެލިއަސް އެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި ގޭންގު އެތައް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި އެހެންވެ، އެތަނުން އެއް ހަމަލާގައި މީހަކު މަރުވުމަކީ ހިތާމައަކަށް ވިޔަސް އެއީ ފެއިލިއާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސީޕީ ވިދާޅުވީ އެކަން އެކަނި ކޮށްގެން ގޭންގުތަކުގެ މީހުންގެ އުޅުން އެއްކޮށް ބަދަލުނުވާ ކަމަށެވެ. ފުލުހުންގެ އަމަލުތަކާ އެއްގޮތަށް ގޭންގުތަކުގެ މެތަޑޮލޮޖީ ވެސް އެއްކޮށް ބަދަލުކޮށް އެ މީހުން ބޭނުންވާ ކަންކަން ކުރާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެހެން ގްރޫޕެއްގެ މީހަކަށް ހަމަލާ ދިނުން ހިމެނެ އެވެ. އެ ހަމަލާތައް ދެނީ ފުލުހުން ހިންގާ އޮޕަރޭޝަނަށް ބަލައި ލިބޭ ވަގުތުތަކުގަ އެވެ.
"ސާޖިކަލް ކޮށް، ފުލުހުންގެ އެކްޓިވިޓީސްތަކުގައި އެ މީހުންގެ ހަރަކާތްތަކުގައި އަޅައި ނުގަންނަ ގޮތަށް. އެއަށް ޖެހޭނީ ފުލުހުން މި ހިންގާ އޮޕަރޭޝަންތަކުގައި ގެންގުޅޭ އެޕްރޯޗާ ކަންކަން ބަދަލުކުރަން. މާލެ ސަރަހައްދުގައި އަދި އެ ނޫން ސަރަހައްދުތަކުގައި އުޅޭ ގޭންގުތަކުގެ ވައިލެންޓު ބިހޭވިއާއާ އެ މީހުންނަށް ކަންކަމުގައި ލިބެން ހުންނަ ރިސޯސަށް މުޅި ޑިސްޓްރެކްޝަނެއް ގެނެވި ކަންތައްތައް ކުރެވޭނީ ފުދޭ ވަރަކަށް ދިގު މުއްދަތެއްގައި." ސީޕީ ވިދާޅުވި އެވެ.
މޫލާފައިވާ މި މައްސަލައަށް ދެ ތިން އަހަރުން ހައްލެއް ނުގެވޭނެ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް، އޭނާއަށް ޔަގީންކަމާއެކު ވިދާޅުވެވޭ އެއް ކަމަކީ، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގޭންގު ހަމަލާތައް ކޮންޓްރޯލްކުރެވިފައިވާ ކަމެވެ. އެ މަސައްކަތް އިތުރަށް ފުޅާކޮށްފިނަމަ ނަތީޖާ އެއަށްވުރެ ރަނގަޅުވާނެ ކަން ފާހަގަކުރެއްވި އެވެ.
އޭގެ ހެއްކަކީ އެ ފަދަ ހަމަލާތަކުގައި ފާއިތުވި އަހަރުތަކުގައި ތިން މީހުން މަރުވުމެވެ.
އެއީ؛
- ގއ. މާމެންދޫގައި ފެބްރުއަރީ 8، 2021 ގައި މަރާލި އަހުމަދު އުދައްޔު
- އައްޑޫ ފޭދޫގައި މިދިޔަ އަހަރުގެ ޖޫން މަހު މަރާލި މުހައްމަދު ޒަޔާން މޫސާ
- މާލޭގެ ފިހާރައެއްގެ ތެރޭގައި މިދިޔަ މަހުގެ ފަހުކޮޅު ވަޅި ޖަހައި މަރާލި މުހައްމަދު
މީގެ ކުރީގައި ގޭންގު ހަމަލާތަކުގައި އަހަރެއްގެ ތެރޭގައި ދެތިން މީހުން މަރުވެފައި އެބަހުއްޓެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ސީޕީ ވިދާޅުވީ މި ފަހުން ސިލްސިލާ މާރާމާރީތައް ފެށުނީ ވެސް މިދިޔަ ޖެނުއަރީ 16 ގައި އެ ދެ ގްރޫޕު ދެމެދު ޖެހުނު ހަމަނުޖެހުމުގެ ތެރެއިން ކަމަށެވެ. އެގޮތަށް، ދެ ގްރޫޕުން ވެސް ކޮންމެ ގްރޫޕަކަށް ތިން ފަހަރު ހަމަލާދިނެވެ. މީހާ މަރުވީ އެންމެ ފަހުން ދިން ހަމަލައިގަ އެވެ.
އެ މާރާމާރީ ފެށުމާ އެކު، އެކަން ކުރި ގްރޫޕުތަަށް ޓާގެޓުކޮށް ކޯޓު އަމުރެއްގެ ދަށުން ތަންތަނާއި މީހުން ބަލާ ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން، ސޭފް ހައުސްގެ ގޮތުގައި ބޭނުންކުރާ ހަތަރު ތަނަކުން ވަނީ ހަތިޔާރު ހޯދައިފަ އެވެ.
"ފުރިހަމަ ގާނޫނީ ފްރޭމް ވޯކެއް އޮވެފައި، މި މީހުން ބެލެހެއްޓޭނެ ނިޒާމެއް އޮވެފައި، ހުރިހާ ގޮތަކުން މި މީހުންނާ ޑީލް ކުރެވޭނެ ގޮތްތަކާ މި ކަންކަމުގެ ތެރެއިން އޭގެ ނަތީޖާ މިއަށް ވުރެ ރަނގަޅުވާނެ."
ސީޕީ ވިދާޅުވީ ހައްޔަރުކުރަނީ ކުށުގެ ކުޑަބޮޑުމިނަށް ބަލާފައި ކަމަށެވެ. ކޮންމެ މައްސަލައެއްގައި ހައްޔަރުކުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަކަށް ވިޔަސް، ބައެއް ފަހަރު ނުރައްކާތެރި އަމަލުތައް ހުންނަ މީހުން ބަންދުކުރުމަށްފަހު ކުޑަ ދުވަސްކޮޅެއް ފަހުން ދޫކޮށްލުމަކީ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުން ދޫކޮށްލުމުން އަނެއްކާ ވެސް ޖެހެނީ، ސީޕީ ވިދާޅުވި ގޮތުގައި، އެ މީހުންނާ ކުރިމަތިލައި ނުރައްކާތެރިކަން ކުޑަކުރާށެވެ.
ގޭންގުތައް ވަރުގަދަ ހިސާބުތަކުގައި އިރުއޮއްސޭ ފަހުން ސިފައިންނާއި ފުލުހުން ތިބޭ އިރު ވެސް، ބައެއް ސަރަހައްދުތަކުގައި އެ ގޭންގުތަކުން ދަނީ "ރަސްކަން" ކުރަމުންނެވެ. އެގޮތަށް އެއް ތަނަކީ ހެންވޭރެވެ. ސީޕީ ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޑަހެންވޭރު ގްރޫޕުން ކުޑަކުޑަ "ޕާކެއް" ހަދައިގެން އުޅޭއިރު، އެ ތަނުގައި މުނިސިޕަލް ގަވައިދެއް ނުހިނގަ އެވެ.
މީހުން ފިލައިގެން އަދި ފޮރުވިގެން ތިބެ ކަންކަން ކުރަން ފުރުސަތު އޮންނާތީ އެ ގަސްތައް ކޮށަން ސިޓީ ކައުންސިލުން ދިއުމުން އެކަން ކުރުވިޔަ ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ކުޑަހެންވޭރުން ދޫނި ކޮއްޓާއި ކުކުޅާއި ހާ ގެންގުޅެ އެވެ. އަދި ވަކި ގަޑިތަކެއްގައި އެ ތަނަށް އާއްމުންނަށް ނުވަދެވޭ ގޮތް ހަދާފައި ހުންނައިރު، އެ ތަނުގައި ހުރި ހަޓެއްގެ ތެރެއިން މިދިޔަ ބުދަ ދުވަހު ވެސް ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް
ގޭންގުގެ ހަމަލާއިން ސަލާމަތްވި ޕޮލިހަށް ސީޕީގެ ތައުރީފް
ހޯދާ މީހަކު ފޮރުވައިގެން އުޅޭތީ 5 މީހުން ހައްޔުކޮށްފި
ޖޫސްޓައިމަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
މާލޭގެ ގޭންގުތަކުގެ ގޮފިތައް މާފުށީގައިި ވަރުގަދަ!
ޕޮލިހަށް ވަދެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ފުލުހުންނަަށް "ހަމަލަދިން" އިތުރު ފަސް މީހަކު ހައްޔަރު
ފުލުހުންނަށް ހަމަލާދިނީ ގޭންގަކުން: ސީޕީ