Roadha Mihaaru

ގޭންގުގެ ހަމަލާއިން ސަލާމަތްވި ޕޮލިހަށް ސީޕީގެ ތައުރީފް

ކުށްކުރާ ގްރޫޕަކުން ދިން ހަމަލާއިން ސަލާމަތްވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަކު ކުރި މަސައްކަތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީރު ރޭ ތައުރީފުކުރައްވައިފި އެވެ.

ގޭންގުގެ ހަމަލާއިން ސަލާމަތްވި ޕޮލިހަށް ސީޕީގެ ތައުރީފް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 މެއި 2023

ކުށްކުރާ ގްރޫޕަކުން ދިން ހަމަލާއިން ސަލާމަތްވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓަކު ކުރި މަސައްކަތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީރު ރޭ ތައުރީފުކުރައްވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހުޅުމާލޭގައި ގޭންގަކުން ޕޮލިހަކަށް ހަމަލާދޭ ވީޑިއޯ ބައްލަވާފައިވާ ކަމަށެވެ. ސީޕީ ވަނީ ގޭންގު މީހުންނާ ދެކޮޅަށް ކުރި މަސައްކަތަކަށް އެ ޕޮލިހަށާއި އެކަމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އަވަހަށް ފިޔަވަޅުއަޅައި ހައްޔަރުކުރި ހުޅުމާލެ ޕޮލިހުންނަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.

ސީޕީ ވިދާޅުވީ އޮފް-ޑިއުޓީގައި ހުރި ޕޮލިހަށް ހަމަލާދިނީ އެންމެން ވެސް ދަންނަ ގޭންގަކުން ކަމަށެވެ.

ފުލުސް މީހާގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ހަތަރު މީހަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނެވެ.