15 މާޗް 2023
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި މިހާތަނަށް ހޯދިފައިނުވާ ދެ ރަށް ކަމަށްވާ ލ. ގަމާއި ގދ. ވާދޫ މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި މިހާތަނަށް ހޯދިފައިނުވާ ދެ ރަށް ކަމަށްވާ ލ. ގަމާއި ގދ. ވާދޫ މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގަން ސެމީ އަށް ދިޔައީ ރ. އިނގުރައިދޫ އާ ވާދަކޮށް ފޯރި ގަދަ ކުޅުމަކަށް ފަހު 4-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ދެ ވަނަ ސެމީ ގައި ވާދޫ އިން ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 އިން އެއްވަރު ވެފައި ވުމުން ވާދޫ ކުރި ހޯދީ ޕެނަލްޓީ ގައި 5-4 އިންނެވެ.
މިއީ ގަން މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ފައިނަލް ކުޅުނީ 2018 ވަނަ އަހަރެވެ. އެ ފަހަރުގެ ފައިނަލުން ބަލިވީ މާފަންނު އަތުންނެވެ. މިދިޔަ އަހަރު ވެސް ސެމީ އާ ހަމައިން މުބާރާތް ނިންމާލަން ޖެހުނު ކުޑަހުވަދޫ ބަލިކޮށް ވާދޫ ފައިނަލަށް ދަތުރު ކުރީ މުޅިން އަލަށެވެ.
ވާދޫ އާއި ގަން ވަނީ ޒޯން 6 ގެ ފައިނަލް ގައި ވެސް ވާދަ ކޮށްފަ އެވެ. އެ މެޗު 3-1 އިން ކާމިޔާބު ކޮށް ޒޯން ޗެމްޕިއަންކަން ހޯދާފައި ވަނީ ވާދޫ އެވެ. ޒޯން ބުރުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި ދެޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ އާދިއްތަ ދުވަހުގެ ރެއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި އަންގާރަ ދުވަހު ކުޅެވުނު ފުރަތަމަ ސެމީ ގައި، ފުރަތަމަ ހާފު ނިމެނިކޮށް ގަމުން މެޗުގައި ލީޑު ހޯދީ އަބްދުﷲ ޖުނެއިދު (ޖެންނޭ) ކާމިޔާބު ކޮށްދިން ގޯލަކުންނެވެ. އަތޮޅާއި ޒޯން ޗެމްޕިއަންކަން ވެސް ހޯދައި ސެމީ އާ ހަމައަށް ދަތުރުކުރި އިނގުރައިދޫ އިން ގޯލެއް ޖެހޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް ދެ ވަނަ ހާފުގައި ޖެންނޭ އުފެއްދި ކައުންޓާއެއްގައި ހުސެއިން ޝަރީފް (އޮންލީ) ލަނޑެއް ޖަހައި ގަމަށް ލީޑް ފުޅާ ކޮށްދިނެވެ. އޭގެ މިނިޓެއް ފަހުން އިނގުރައިދޫ އިން ލީޑު ކުޑަކުރީ އަހުމަދު އައިހަމް (އައިހު) ފޮނުވާލި ބޯޅަ އޮންލީ ފައިގައި ޖެހިފައި ބައިކޮޅަށް ވަނުމުންނެވެ.
އެއަށް ފަހު ފެނުނީ މާ ގިނައިރެއް ނުވެ ގަމުން މެޗުގެ ކޮންޓްރޯލް ހޯދައި އިތުރު ލަނޑުތަކެއް ޖެހި ތަނެވެ. ބައިކޮޅަށް ލަނޑު ވަންތާ ދެ މިނިޓު ތެރޭ އަނެއްކާ ވެސް ޖެންނޭ ގެ ގޯލަކުން ލީޑު ފުޅާ ކުރި އިރު މާ ގިނައިރެއް ނުވެ ގަމުގެ ހަތަރު ވަނަ ލަނޑު އަލީ ޝާމިސް (ތޮއްޕޭ) ކާމިޔާބު ކުރީ އަލީ ހާފިޒް (ހާއްޕެ) ކައިރިން ނައްޓާލައިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވަން މޮޅު ސޭވްތަކެއް ކުރި ގަން ޓީމުގެ ގޯލްކީޕަރު މުހައްމަދު ލުފްޝާން (ޕަފް) އެވެ.
ފޯރި ގަދަވި ދެ ވަނަ ސެމީ ގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ވެސް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިޔާދު ވަނީ ކުއާޓާ ފައިނަލް މެޗުގައި މާފަންނު ކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ.
މެޗު ފެށި ގޮތަށް ކުޑަހުވަދޫގެ އިރުފާން އާދަމް ނަސީރު ލަނޑެއް ޖަހައި އެޓީމަށް ލީޑު ހޯދައި ދިން ނަމަވެސް އިޔާދު ދިން ޕާހަކުން ނަޝާދު އަހުމަދު (ނައްޓު) ވަނީ ވާދޫ އަށް އެއްވަރު ކޮށްދީފަ އެވެ. އިޔާދު އިތުރު ދެ ގޯލު ވާދޫ އަށް ކާމިޔާބު ކޮށްދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަހުވަދޫ އަށް ފަރަގު ކުޑަ ކޮށްދިނީ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.
އިޔާދު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފުގައި ވާދޫގެ ކެޕްޓަން އަޔާޒު އަހުމަދު (އަޔާ) ތަނަވަސް ކުރި ފުރުސަތަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޖުމްބެ ދިން ޕާހަކުން ކުޑަހުވަދޫ އަށް ފަރަގު ކުޑަ ކޮށްދިނީ މާޔިޒް ވަހީދެވެ. އަދި ކައުންޓާއެއްގައި ކުޑަހުވަދޫ އަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން ޖުމްބެ އެވެ.
ޕެނަލްޓީގައި ވާދޫގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. އެޓީމަށް ޕެނަލްޓީތައް ޖަހައިދިނީ މުހައްމަދު ނާއިލް (އެޑީ)، އަހުމަދު ޝައިހާމް ޖަލީލް، އިޔާދު، ޔަޒަލާން އިބްރާހިމް އަދި ނައްޓު އެވެ. ކުޑަހުވަދޫގެ ފުރަތަމަ ހަތަރު ޕެނަލްޓީ މުހައްމަދު ޝާނީޒް އާއި އިރުފާން ގެ އިތުރުން އިރުޝާމް އާދަމް ނަސީރު އަދި މާޔިޒް ކާމިޔާބު ކުރި ނަމަވެސް އަޔާޒު މުހައްމަދު 19 ޖެހި ޕެނަލްޓީ ވާދޫގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ދިފާއު ކުރި އެވެ.
އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން ސެމީ އަށް
ޕެނަލްޓީގައި ގާފަރު ބަލިކޮށް ތިމަރަފުށި ކުއާޓާ އަށް
ގޯލްޑަން ފުޓްސަލްގެ ތަށި ގަމަށް، ކިންގަކީ އޮންލީ
މާފަންނާއި ވާދޫ އަދި ނައިވާދުއަށް ޒޯން ޗެމްޕިއަންކަން
މާލެ ޒޯނުން ފައިނަލުގެ ޖާގަ މާފަންނާއި ވިލިމާލެ އަށް
ގޯލްޑަން ފުޓްސަލްގެ މާލޭ ޒޯނުގައި ބޮޑެތި ސްކޯތަކެއް
ފެހެންދޫ ބަލިކޮށް ބ. އަތޮޅުގެ ތަށި އޭދަފުށްޓަށް
ތިމަރަފުށި ބަލިކޮށް ތ. އަތޮޅުގެ ތަށި ކިނބިދޫ އަށް
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
އިނގުރައިދޫ އާއި ދަނޑިމަގަށް ޒޯން ޗެމްޕިއަންކަން