Roadha Mihaaru
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވި

22 މާޗް 2023

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް އެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް އެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮތީ ކުރިން އިއުލާންކޮށްފަ އެވެ. އެކަމަށް ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.

އެނގިފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ކުރިމަތިނުލައްވަ އެވެ. އެ ކޯޓު ހިންގުން މިހާރު ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދުއާ އެވެ.

މިއީ ރާއްޖޭގެ ދެވަނައަށް އެންމެ އިސް ކޯޓު ކަމަށްވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެއްވެސް ބޭފުޅަކު ވާދަ ނުކުރި ފުރަތަމަ ފަހަރެވެ.

ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ވެސް ކުރިމަތިލީ އެންމެ ބޭފުޅަކު ކަމަށް އެނގިފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ވެސް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެކަމަށް ހުޅުވާލި ފުރުސަތު އަދި ބަންދެއް ނުވެ އެވެ.