Roadha Mihaaru
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް

24 އޮކްޓޯބަރ 2023

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް މިފަހަރު ވެސް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް މިފަހަރު ވެސް އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހާތިފް ހިލްމީ ރިޓަޔާވެ ވަޑައިގަތުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝަހީދު އެކަންޏެވެ. އެ މަގާމަށް ކުރިމަތިލާން މިދިޔަ މާޗް މަހު ހުޅުވާލުމުން އޭރު އެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ނުލެއްވި އެވެ.

ކުރިން 2020 ވަނަ އަހަރު އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ވެސް އެ މަގާމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ.

ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ވެސް ހުސްވެފައި އޮތުމުން އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރާއި ގާޒީ މަރިޔަމް ވަހީދެވެ.