Roadha Mihaaru
މޫލީން މާންދޫ މަސްދަޅުގެ ހަދިޔާ ޕެކް، ޑެލިވަރީ ހިލޭ

މޫލީން މާންދޫ މަސްދަޅުގެ ހަދިޔާ ޕެކްތަކެއް، ޑެލިވަރީ ހިލޭ

25 މާޗް 2023

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީން ހޮރައިޒަން ފިޝަރީޒާ ގުޅިގެން ހަތަރު ވައްތަރެއްގެ މަސްދަޅު ޕެކްތަކެއް ތައާރަފް ކޮށްފި އެވެ،

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީން ހޮރައިޒަން ފިޝަރީޒާ ގުޅިގެން ހަތަރު ވައްތަރެއްގެ މަސްދަޅު ޕެކްތަކެއް ތައާރަފް ކޮށްފި އެވެ،

އޭގެ ތެރޭގައި ހިމެނެނީ 150ރ. ގެ ދެ ޕެކާއި 160ރ. ގެ ޕެކަކާއި 145ރ. ގެ ޕެކެކެވެ.

ފުރަތަމަ ޕެކަކީ ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ތިން ދަޅާއި ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ ދެ ދަޅާއި ކަނޑުމަސް ސަންފްލާވާ އޮއިލް އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅާއި މަސްހުނި އެކްސްޓްރާ އޮއިލް އާއި މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ދަޅު ހިމެނޭ ޕެކެކެވެ. އެ ޕެކްގެ އަގަކީ 150ރ. އެވެ.

ދެ ވަނަ ޕެކަކީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަހާއި ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ތައްޔާރު ކޮށްފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަސް ދަޅާއި ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނޭ ޕެކެކެވެ. ޕެކްގައި އެ އިން ކޮންމެ ވައްތަރެއްގެ ދެ ދަޅު ހިމެނެ އެވެ. އެ ޕެކް ވިއްކަނީ 160ރ. އެވެ.

ތިން ވަނަ އަށް އުޅެނީ 145ރ. ގެ ޕެކެކެވެ. އެ ޕެކްގައި ހިމެނެނީ މަސްހުނި އެކްސްޓްރާ ޗިލީ އާއި މަސްހުންޏާއި މަސްހުނި ޒީރޯ ޗިލީ އާއި ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅާއި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅެވެ. އެ އިން ކޮންމެ ދަޅެއްގެ ދެ ދަޅު އެ ޕެކްގައި ހިމެނެ އެވެ.

ހަތަރު ވަނަ ޕެކަކީ ޕެކު އެކެއް، ދޭއް އަދި ތިނެއްގައި ހިމެނޭ ހުރިހާ ދަޅެއް ހިމެނޭ ޕެކެކެވެ. ކޮންމެ ވައްތަރަކުން ވެސް އެއް ދަޅު އެ ޕެކްގައި ހިމެނޭނެ އެވެ. ޕެކްގެ އަގަކީ 150ރ. އެވެ.

އުރީދޫން ގޮތުގައި އެ ހަދިޔާ ޕެކްތަކަށް މޫލީ މެދުވެރިކޮށް، އޯޑަރު ދިނުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިމޭ ޑެލިވަރީ ކޮށްދޭނެ އެވެ.