އުރީދޫ މޯލްޑިވްސް އިން ބާއްވާ، "ފަން ރަން" ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ
އުރީދޫ މޯލްޑިވްސް އިން ބާއްވާ، "ފަން ރަން" ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ
އުރީދޫން ބުނީ، ފަން ރަން ލާމު އެޑިޝަންގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ލިންކަށް ގޮސް ރަޖިސްޓާ ވެވޭނެ ކަމަށެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
ފަން ރަން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 5 ވަނަ ދުވަހު އެވެ. މިއީ މި އަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވާނެ ކަމަށް އުރީދޫން ބުންޏެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަން - ލާމު ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ހިމެނޭ ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑްގެ އަގަކީ 100ރ. އެވެ. އަދި ފަން ކިޓްގައި ހިމެނޭނީ އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ އެވެ. އެ ކިޓް ލިބޭނީ 200ރ. އަށެވެ.
"ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުނަށް މަޖާ އަދު ގުޅުން ބަދަހި ކުރެވޭފަދަ ހަރަކާތެއް ބޭއްވުން. މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން، ރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫން އަބަދުވެސް މަސައްކަތްކުރާ ކަމެއް،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
މި ދުވުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް
ޕެޓަށް ބޭނުންވާ ސާމާނު މޫލީ މެދުވެރިކޮށް ގަނެވޭނެ
އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު
"އޯލަ އެޕް" އަށް އެމް-ފައިސާއިން ފީ ދައްކާލެވޭނެ