އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން، ކޮރެއާ ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކާ ދެކޮޅު ހެދުމުގެ ގޮތުން، އުތުރު ކޮރެއާ އިން މިއަދު އަނެއްކާ ވެސް ދެ ބެލިސްޓިކް މިސައިލް ވައިގެ ތެރެއަށް ފޮނުވާލައިފި އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން، ކޮރެއާ ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކާ ދެކޮޅު ހެދުމުގެ ގޮތުން، އުތުރު ކޮރެއާ އިން މިއަދު އަނެއްކާ ވެސް ދެ ބެލިސްޓިކް މިސައިލް ވައިގެ ތެރެއަށް ފޮނުވާލައިފި އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ އިރުމަތީ އައްސޭރީގައި އޮންނަ ހްވަންގްހާއީ ޕްރޮވިންސުން، ކޮރެއާ ގަޑިން މިއަދު ހެނދުނު އަށެއް ޖަހަން އުޅެނިކޮށް ފޮނުވައިލި ދެ މިސައިލް ދަތުރު ކުރީ އެ ގައުމުގެ އިރުމަތީ ފަރާތުން ކަނޑުގެ ސަރަހައްދަށެވެ. އުތުރު ކޮރެއާގެ މި އަމަލަކީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް ދެކުނު ކޮރެއާ އިން ބުންޏެވެ.
ޖަޕާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުތުރު ކޮރެއާ އިން ވަކި އަމާޒެއް ނެތި ވައިގެ ތެރެއަށް ފޮނުވައިލި ދެ މިސައިލް ވެސް ވެއްޓިފައިވަނީ، ޖަޕާންގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބޭރަށް ކަމަށެވެ. އަދި އުތުރު ކޮރެއާ އިން މިސައިލްތަކެއް މި ގޮތަށް ބޭނުންކުރުމަކީ ޖަޕާނާއި ކޮރެއާ-ޖަޕާން ސަރަހައްދުގެ އިތުރުން ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ވެސް ޖަޕާނުން ބުންޏެވެ.
އުތުރު ކޮރެއާ އިން މިއަދު ވައިގެ ތެރެއަށް ފޮނުވައިލި ދެ މިސައިލަކީ، އެ ގައުމުން މި މަހުގެ ތެރޭގައި މި ގޮތަށް މިސައިލް ބޭނުންކުރި ހަތް ވަނަ ފަހަރެވެ. އުތުރު ކޮރެއާ އިން މިސައިލެއް ވައިގެ ތެރެއަށް ފޮނުވައިލާ އިރަށް، ދެކުނު ކޮރެއާ އާއި އެމެރިކާ އިން އަސްކަރީ ހަރަކާތެއް ހިންގަ އެވެ. އެ ދެ ގައުމުން އަސްކަރީ ހަރަކާތެއް ފަށާއިރަށް، އުތުރު ކޮރެއާ އިން އަނެއްކާ ވެސް، މިސައިލެއް ވައިގެ ތެރެއަށް ފޮނުވައިލަ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން އެންމެ ފަހުން 10 ދުވަހުގެ މުއްދަތަށް ބޭއްވި އަސްކަރީ ފަރިތަކުރުންތައް، މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. ނަމަވެސް ކަނޑުމަތީގެ އިތުރު ތަމްރީންތަކެއް މި ހަފުތާގެ ތެރޭގައި ފެށުމަށް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އިތުރު މަނަވަރުތަކެއް ކޮރެއާ ސަރަހައްދަށް މިއަދު ބަނދަރު ކުރާތީ، އުތުރު ކޮރެއާގެ މިސައިލް އުދުއްސުން އިތުރަށް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒް އާއި އެއާ އެކުގައި ދަތުރުކުރާ މަނަވަރުތަކާ އެކު، ދެކުނު ކޮރެއާގެ މަނަވަރުތައް ބައިވެރިވެގެން ބާއްވާ ތަމްރީންތަކެއް ކޮރެއާގެ ދެކުނު ސަރަހައްދުގައި މިއަދު ކުރިއަށް ދާނެ އެވެ. އަދި މާދަމާގެ ވަގުތެއްގައި އެމެރިކާގެ މަނަވަރުތައް ދެކުނު ކޮރެއާގެ ބުސާން ސަހަރުގައި ބަނދަރު ކުރާނެ އެވެ.
އުތުރު ކޮރެއާ އިން ބުނާ ގޮތުގައި ދެކުނު ކޮރެއާ އާއި އެމެރިކާ އިން ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކީ، އުތުރު ކޮރެއާ އަށް އަރައިގަނެ އެ ގައުމު އަޅުވެތިކުރުމަށް ރާވާފައިވާ އަސްކަރީ ހަރަކާތުގެ ރިހާސަލެކެވެ. ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި، އެއީ އަމިއްލަ ދިފާއުގައި ބާއްވާ ތަމްރީންތަކެކެވެ.
މިއަހަރު ފެށުނު ފަހުން އުތުރު ކޮރެއާ އިން މިހާތަނަށް 11 ފަހަރެއްގެ މަތިން 20 އަށް ވުރެ ގިނަ ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް ވައިގެ ތެރެއަށް ފޮނުވާލައިފި އެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ލަޝްކަރު ބައިވެރިކޮށްގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި އަސްކަރީ ފަރިތަކުރުންތަކެއް މިދިޔަ ހަފުތާގައި ބޭއްވި އެވެ.
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
ނިއުކްލިއާ ހަތިޔާރެއް ޓެސްޓުކޮށްފިއްޔާ ވަރުގަދަ ރައްދެއް
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި