27 މާޗް 2023
ޔޫކްރޭން އަތުން 2-0 އިން މޮޅުވެ އިންގްލެންޑުން ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީ ގައި ދެ ވަނަ މޮޅު ހޯދިއިރު، މޯލްޓާ އަތުން 2-0 އިން މޮޅުވެ ޗެމްޕިއަން އިޓަލީން ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޔޫކްރޭން އަތުން 2-0 އިން މޮޅުވެ އިންގްލެންޑުން ޔޫރޯ ކޮލިފައިންގެ ގްރޫޕް ސީ ގައި ދެ ވަނަ މޮޅު ހޯދިއިރު، މޯލްޓާ އަތުން 2-0 އިން މޮޅުވެ ޗެމްޕިއަން އިޓަލީން ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިދިޔަ ހަފުތާގައި އިޓަލީ އަތުން 2-1 އިން މޮޅުވި އިންގްލެންޑް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގަ އެވެ. އިޓަލީ އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ގްރޫޕުގެ ތިން ވަނައިގައި އޮތީ މިދިޔަ ހަފުތާގައި މޯލްޓާ އަތުން 2-1 އިން މޮޅުވެ ތިން ޕޮއިންޓާ އެކު ނޯތު މެސެޑޯނިއާ އެވެ. ޔޫކްރެއިނާއި މޯލްޓާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ އިން ފުރުސަތު ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. އިޓަލީ ގަދަ ދެ ޓީމުގެ ތެރޭ ނުހިމެނުނަސް، ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. އެއީ ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމުގެ ރޭންކިން މަތިވުމުންނެވެ.
ހަނގުރާމައިގެ ސަބަބުން ނިކަމެތި ހާލަތެއްގައި އޮތް ޔޫކްރޭން އަތުން ރޭ އިންގްލެންޑް މޮޅުވީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގަ އެވެ. އިންގްލެންޑުގެ ފުރަތަމަ ގޯލް ޖެހީ، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކެޕްޓަން ހެރީ ކޭން އެވެ. ދެ ވަނަ ގޯލް ޖެހީ އާސެނަލްގެ ބުކާޔޯ ސަކާ އެވެ.
މޯލްޓާގައި، އެ ގައުމާ ދެކޮޅަށް ރޭ އިޓަލީ ނުކުތީ ބަދަލުތަކަކާ އެކު އެވެ. ކޯޗު ރޮބާޓޯ މަންޗިނީ ވަނީ އިންގްލެންޑް އަތުން ބަލިވި މެޗުގައި ކުޅުނު ބައެއް ކުޅުންތެރިން ބެންޗަށް ލައި އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
މި މެޗުގައި އިޓަލީ އަށް ފުރަތަމަ ގޯލް ޖަހައިދިނީ އިންގްލެންޑް މެޗުގައި ވެސް ގޯލް ޖެހި ޒުވާން ފޯވާޑް މަޓެއޯ ރަޓެގުއީ އެވެ. އާޖެންޓީނާ އަށް އުފަން މި ކުޅުންތެރިޔާ މިވަގުތު ކުޅެނީ ވެސް އާޖެންޓީނާ ލީގުގަ އެވެ. އިޓަލީގެ ދެ ވަނަ ގޯލް ވައްދާލީ މަޓެއޯ ޕެސިނާ އެވެ.
މި ގްރޫޕުގެ މެޗުތައް ދެން އޮންނާނީ ޖޫން މަހު އެވެ. އިންގްލެންޑް ކުޅޭނީ މޯލްޓާ އާއި ނޯތު މެސެޑޯނިއާއާ ދެކޮޅަށެވެ. އެ ދުވަސްވަރު އިޓަލީން، ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާނެތީވެ، އެ ޓީމަށް ޖޫން މަހު ކޮލިފައިން މެޗެއް ނޯންނާނެ އެވެ.
އިޓަލީ އަތުން އިންގްލެންޑަށް މޮޅެއް، ކޭން އަށް ރެކޯޑެއް
ވެމްބްލީގައި އިޓަލީ ބަލިކޮށް އިނގިރޭސީން ޔޫރޯ އަށް
ނޯތު މެސެޑޯނިއާ އަތުން މިފަހަރު ވެސް އިޓަލީ މޮޅެއްނުވި
އާނޯލްޑް ވިދާލި މެޗުން އިންގްލެންޑަށް ފަސޭހަ މޮޅެއް
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ގާ އަޅަން އުޅުނު ގާޓީ އިޓަލީގެ ގައުމީ ޓީމަށް
ސަޕޯޓަރުން ވަނުން މަނާ، ދަނޑަށް ވައްދާނީ ކުޑަކުދިން
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
ޔޫރަޕުގެ ޗެމްޕިއަންކަން އިޓަލީ އަށް