Roadha Mihaaru
ގާ އަޅަން އުޅުނު ގާޓީ އިޓަލީގެ ގައުމީ ޓީމަށް

ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ގާ އަޅަން އުޅުނު ގާޓީ އިޓަލީގެ ގައުމީ ޓީމަށް

12 ޖޫން 2022

ޔޫއެފާ ނޭޝަން ލީގުގައި، ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު އިޓަލީގެ ޒުވާން ޑިފެންޑަރު ފެޑެރީކޯ ގާޓީ، މީގެ ފަސް އަހަރު ކުރިން އުޅުނީ އެ މެޗުއާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭރު އޭނާގެ ރަސްމީ ވަޒީފާ އަކީ އިމާރާތް ކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއްގައި ގާ އެޅުމެވެ. އަދި ސުޕަ މާކެޓްގައި މަސައްކަތު މީހަކަށް ވެސް އޭނާ އުޅުނެވެ.

އިޓަލީގެ ދެވަނަ ޑިވިޝަންގެ ކްލަބް ފްރޮސޮސީނޯ އަށް ކުޅެމުން ދަނިކޮށް ޔުވެންޓަސް އިން އޭނާ ސޮއި ކުރުވީ، ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އަދި ސީޒަން ނިމެންދެން އޭނާ ހޭދަ ކުރީ ލޯން އުސޫލުން އެ ކްލަބްގަ އެވެ.

ޔޫއެފާ ނޭޝަން ލީގަށް ހާއްސަކޮށް އިޓަލީގެ ގައުމީ ޓީމަށް، ކޯޗު ރޮބާޓޯ މަންޗިނީ، އިތުރު ކުރި ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ގާޓީ، 23، ވަނީ ރޭ އިންގްލެންޑާ ދެކޮޅަށް ފުކޮށް ކުޅެފަ އެވެ. ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ބްލޮކްތަކެއް ފެނިގެން ދިޔަ އެވެ.

އިޓަލީގެ ހުރިހާ ޑިވިޝަނެއްގައި ކުޅުނު، ގާޓީ ދެވަނަ ޑިވިޝަންގައި ކުޅެން ފެށީ މިދިޔަ ސީޒަންގަ އެވެ. ސީޒަންގެ ފުރަތަމަ ފަސް މަސް ދުވަހު އޭނާ ދެއްކި ކުޅުމާއެކު ޔުވެންޓަސްއިން އޭނާގެ ޓްރާންސްފާ އަށް 9.4 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ. އިޓަލީގެ ގައުމީ ޓީމުގެ ފުރަތަމަ މެޗަށް ތައްޔާރު ވަމުން ދިޔަ މަރުހަލާގައި އޭނާ އަށް ރަނގަޅަށް ނުވެސް ނިދޭ ކަމަށް ގާޓީ، ރޭ ގެ މެޗަށް ފަހު ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ގާޓީ (ވ): އޭނާ ބުނީ މެޗު ކުޅޭކަން އިޝާރާތެއް ލިބުނު ހިސާބުން އޭނާ ރަނގަޅަށް ނުނިދާކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

އިންގްލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ގާޓީ (ވ): އޭނާ ބުނީ މެޗު ކުޅޭކަން އިޝާރާތެއް ލިބުނު ހިސާބުން އޭނާ ރަނގަޅަށް ނުނިދާކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

“އަހަރެން ކުޅޭނެ ކަމުގެ ކުޑަ އިޝާރާތެއް ލިބިފައި އޮތީ، އެހެންވީމަ މިދިޔަ މަދު ދުވަސްކޮޅު ރަނގަޅަކަށް ނުނިދުނު. މިކހަލަ ގިނަ ފުރުސަތުތަކަކަށް އުއްމީދު ކުރަން،” މެޗަށްފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

"އަހަރެން މި ސީޒަނުގައި ކުޅެމުން ދިޔައީ ސެރީ ބީ [ދެވަނަ ޑިވިޝަން]ގައި، އެހެންވީމަ ޗެމްޕިއަންސް ލީގުގައި ތިބި ކުޅުންތެރިންނާއެކު އެއްތަނެއްގައި ހުރުމަކީ ތަންކޮޅެއް ހިތް އަވަސްވި ކަމެއް، އެކަމަކު އަހަރެން އެކަމާ ކުރިމަތިލިން، އަހަރެން ކުޅުނީ ދަށު ޑިވިޝަންތަކުގައި ވެސް ކުޅޭ ގޮތަށް. އެއްވެސް މީހެއްގެ މޫނަށް ނުބަލަން، އަހަރެން ބެލީ އަހަންނާ ހަވާލު ކުރި ޒިންމާ އަދާކުރެވޭތޯ.”

ޔޫއެފާ ނޭޝަން ލީގުގައި އިޓަލީ އާއި އިންގްލެންޑް ހިމެނުނީ ޖަރުމަނާއިހަންގޭރީ އާއެކު ލީގު އޭ ގެ ގުރޫޕް 3 ގަ އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އިޓަލީ ވަނީ ދެ މެޗުން އެއްވަރުވެފަ އެވެ. އަދި އެއް މެޗުން މޮޅުވި އެވެ. އެޓީމު އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ ހަންގޭރީ އެވެ. ޖަރުމަންގެ ފަހަތުން އިންގްލެންޑް އޮތީ ގުރޫޕްގެ ފުލުގަ އެވެ.