Roadha Mihaaru
ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޑް

ވަރިވާން ދިޔަ މީހަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޝަނަށް

21 ސެޕްޓެމްބަރ 2023

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މެޖިސްޓްރޭޓް އެހެން މައްސަލައަކާ ގުޅިގެން އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މެޖިސްޓްރޭޓް އެހެން މައްސަލައަކާ ގުޅިގެން އަނެއްކާވެސް ސަސްޕެންޑްކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ފޮނުވީ ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ. އެ މައްސަލާގައި ވެސް އޭނާ ސަސްޕެންޑްކުރި އެވެ.

ޖޭއެސްސީން މިއަދު ބުނީ ކުރީގެ މައްސަލާގައި އޭނާ ސަސްޕެންޑްކުރި މުއްދަތު ނިމުމަކަށް އަޔަސް، އެ ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލައަކާ ގުޅިގެން ވަކި ގޮތެއް ނިމެންދެން އޭނާ ސަސްޕެންޑް ކުރަން އިއްޔެ އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކުރީގެ މައްސަލާގައި މެޖިސްޓްރޭޓް އަލީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވިޔަސް، އެކަމާ މެދު މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.