Roadha Mihaaru
ޖޭއެސްސީން މިދިޔަ އަހަރު ނިންމީ ގިނަ ޝަކުވާ ނުބަލަން

މިދިޔަ އަހަރު ޖޭއެސްސީން ނިންމީ ގިނަ ޝަކުވާތައް ނުބަލަން

03 ޖެނުއަރީ 2023

މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ތަހުގީގު ކުރަންޖެހޭ ވަރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިވާ އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ތަހުގީގު ކުރަންޖެހޭ ވަރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިވާ އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖޭއެސްސީން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 393 ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިއިރު، 87 ޕަސެންޓް މައްސަލައެއްގައި ނިންމާފައިވަނީ ތަހުގީގު ކުރަންޖެހޭ ފަދަ ސުލޫކީ މައްސަލައެއް ނޫން ކަމަށެވެ.

ތަހުގީގު ކުރަން ނިންމީ އެންމެ ހަތަރު ޕަސެންޓް މައްސަލަ ކަމަށާއި އަދި އިތުރު އަށް ޕަސެންޓް މައްސަލައާ ގުޅޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި 2021 ވަނަ އަހަރުގެ މައްސަލަތަކާ އެކު، މިދިޔަ އަހަރު 70 މައްސަލައެއްގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 46 މައްސަލައެއް ޖޭއެސްސީން ނިންމިއިރު، ސާބިތުވީ އެންމެ 22 މައްސަލަ އެކެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ.

މީގެ އިތުރުން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ނުވަ މައްސަލައެއްގައި ނިންމިއިރު އިތުރު ތިން މައްސަލައެއްގައި ނިންމީ ސަސްޕެންޑް ކުރުމަށެވެ.