30 މާޗް 2023
އެޗްބީއޯ އިން ގެނެސްދޭ މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ވައިޓް ލޮޓަސް" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ތައިލެންޑުގައި ނަގަން ނިންމައިފައިވާކަން ހާމަވެއްޖެ އެވެ.
އެޗްބީއޯ އިން ގެނެސްދޭ މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ވައިޓް ލޮޓަސް" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ތައިލެންޑުގައި ނަގަން ނިންމައިފައިވާކަން ހާމަވެއްޖެ އެވެ.
ފުރަތަމަ ސީޒަނަށް 10 އެމީ އެވޯޑު ލިބުނު ކާމިޔާބު އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަންގެ ޝޫޓު ނަގާފައި ވަނީ ހަވާއީ އަދި އިޓަލީގައި ހުންނަ "ފޯ ސީޒަންސް" ގެ ރިސޯޓުތަކުގަ އެވެ.
ދަ ވައިޓް ލޮޓަސް ގެ މަންޒަރެއް
"ވެރައިޓީ" ނޫހުން ބުނީ، އެ ސީރީޒްގެ ތިން ވަނަ ސީޒަންގެ މަންޒަރުތައް ނަގާނެ ކަމަށް ލަފާކުރެވެނީ، ތައިލެންޑުގެ ބެންކޮކާއި ޗޭންގް މައި އާއި ކޯ ސަމުއީ އަދި ދަ ގޯލްޑަން ޓްރައިއެންގަލް ގައި ހުންނަ ފޯ ސީޒަންގެ ހޮޓަލްތަކުގައި ކަމަށެވެ.
ތައިލެންޑުގެ ފޯ ސީޒަން ހޮޓާތަކަކީ ސިޓީ އާއި ރަށްފުށާއި ޖަންގަލި އަދި ގޮނޑުދޮށް ކައިރީ އަޅާފައިވާ ތަފާތު ހޮޓާތަކެކެވެ.
"ދަ ވައިޓް ލޮޓަސް" އުފެއްދި މައިކް ވައިޓް ވެސް މީގެކުރިން ވަނީ ތިން ވަނަ ސީޒަންގެ މަންޒަރުތައް އޭޝިއާގެ ގައުމެއްގައި ނަގާނެ ކަމުގެ އިޝާރާތްތަކެއް ދީފަ އެވެ.
ތިއޯ ޖޭމްސް (ކ)، ޖެނިފާ ކޫލިޖް (މ) އަދި އޯބްރީ ޕްލާޒާ (ވ)
ޖެނިފާ ކޫލިޖް އާއި އޯބްރީ ޕްލާޒާ އަދި ތިއޯ ޖޭމްސް ފަދަ އެކްޓަރުން އުޅޭ އެ ސީރީޒަކީ، ދަ ވައިޓް ލޮޓަސް ކިޔާ ހޮޓަލަކަށް ޒިޔާރަތްކުރާ ގެސްޓުންނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ކަންތައްތައް ގެނެސްދޭ ކޮމެޑީ-ހިޔާލީ ސީރީޒެކެވެ.
ޖެނިފާ ލޯރެންސްގެ އާ ފިލްމަށް ބެލުންތެރިންގެ ފާޑުކިއުން
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
ދީޕިކާ އަށް އަނެއްކާ ވެސް އިންޓަނޭޝަނަލް ފިލްމެއް
ވިލް ސުމިތުގެ ވެރައިޓީ ޝޯއެއް ނެޓްފްލިކްސް އަށް
އެމާގެ "ކްރޫއެލާ" ގެ ސީކްއެލްއެއް ވެސް ހަދަނީ
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި
ރަޔަން ނެޓްފްލިކްސްގެ ފިލްމެއް ލިޔެ، ކުޅެނީ
ވިލް ސުމިތާއި ކެވިން ހާޓަށް ރިމޭކެއް
"ސޮނިކް ދަ ހެޖްހޮގް" ގެ ދެވަނަ ބައެއް ހަދަނީ
އެކްޓަރު ޖެރީ ސްޓިލާ މަރުވެއްޖެ