މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނެޓްފްލިކްސްގެ އެކްޝަން ކޮމެޑީ "ރެޑް ނޯޓިސް" ގެ ޓްރެއިލާ އާންމުންގެ ސަމާލުކަން ހޯދައިފި އެވެ.
05 ސެޕްޓެމްބަރ 2021
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނެޓްފްލިކްސްގެ އެކްޝަން ކޮމެޑީ "ރެޑް ނޯޓިސް" ގެ ޓްރެއިލާ އާންމުންގެ ސަމާލުކަން ހޯދައިފި އެވެ.
މި ފިލްމުގައި، މަޝްހޫރު ތިން ތަރިއެއް މައިގަނޑު ރޯލްތަކުން ފެންނާނެ އެެވެ. އެއީ ރަޔަން ރެނޮލްޑްސް އާއި ޑްވޭން ޖޯންސަންގެ އިތުރުން "ވޮންޑަ ވުމަން" ގެ ރޯލު ކުޅޭ ބަތަލާ ގަލް ގެޑޯ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރީތޫ އަރިއާ އާއި ކްރިސް ޑަޔަމަންޓޮޕޮލަސް ހިމެނެ އެވެ.
އަންނަ ނޮވެމްބަަރުގެ 12 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ރެޑް ނޯޓިސް" އަކީ ރޯޒަން މާޝަލް ޓާބާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރޮކްގެ 2016 ގެ "ދަ ސެންޓްރަލް އިންޓެލިޖެންސް" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ރޮކްގެ 2018 ގެ "ސްކައިކްރެޕާ" އެވެ.
"ވީ އާ ދަ މިލާޒް" އާއި "ދަ މިސްޓްރީ އޮފް ދަ ޕިޓްސްބާގް" ވެސް ގެނެސްދިން ރޯޒަން "ރެޑް ނޯޓިސް" ގެނެސްދޭން ކުޑަތަންވަމުން އަންނަ އިރު އޭނާ މިހާރު އަންނަނީ "ދަ ޑިވިޝަން" ކިޔާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ރެޑް ނޯޓިސް" އަކީ 145 މިނިޓްގެ ފިލްމެކެވެ. މީގައި ފެނިގެން ދާނީ އިންޓަޕޯލުން ހޯދަން ނޯޓިސް ނެރެފައިވާ ދެ ކުށްވެރިން (ގަލް އާއި ރަޔަން) އަތުލައިގަންނަން އެފްބީއައިގެ ހައި ޕްރޮފައިސަލް އޮފިސަރަކު (ރޮކް) ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި މަޖާ ކަންތައްތަކެވެ.
ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ކްރިސްގެ "އެކްސްޓްރެކްޝަން" ގެ ޓްރެއިލާ ދައްކާލައިފި
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ރޮކްގެ "ރެޑް ނޯޓިސް" ނެޓްފްލިކްސް އަށް
އިންޑިއާގެ 41 އުފެއްދުމެއް ނެޓްފްލިކްސް އަށް
ކްލޫނީގެ "މިޑްނައިޓް ސްކައި" ވަރަށް ޝައުގުވެރި