30 މާޗް 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު ހިމެނޭ ގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ޓީމެއް ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުކުރަން ސަން އައިލެންޑަށް ހިނގައްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު ހިމެނޭ ގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ޓީމެއް ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުކުރަން ސަން އައިލެންޑަށް ހިނގައްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިއަދު އިއުލާން ކުރެއްވި ގާސިމާ ބައްދަލުކުރައްވަން ވަޑައިގަތީ ޝިހާބުގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އެ ބޭފުޅުންނަށް މާމިގިލި އެއާޕޯޓުން މަރުހަބާ ދެންނެވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމެވެ.
މީގެ ތެރެއިން އަމްރަކީ އިވޭ އަޑުތަކަށް ބަލާއިރު ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ހުށަހަޅުއްވާ ބޭފުޅާ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި މަގާމެއްގައި މި ސަރުކާރުގައި ހުންނެވިޔަސް ޝިހާބަކީ ގާސިމްގެ ވަރަށް ގާތް ބޭފުޅެކެވެ. ކުރިން ޖޭޕީގައި ވެސް އިސްކޮށް އުޅުއްވި ޝިހާބު ސިޔާސީ މައިދާނުގައި ގިނައިން ނަންގަވާފައި ވަނީ މާޒީ އަށް ބަލާއިރު ގާސިމް ނަންގަވާ ފަޅިއެކެވެ.
ނަމަވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން އުފެދިގެން މިހާތަނަށް އައިއިރު ޝިހާބު ހުންނެވީ ހިމޭނުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ "ހަނގުރާމަ" އިގައި ވެސް ވަކި ކޮޅެއް ނަންގަވައިގެން ފާޅުގައި އުޅުއްވި ތަން މިހާތަނަކަށް ނުފެނެ އެވެ.
މިއީ ބުރަ މަސައްކަތެއް، ނިންމާނީ ކާމިޔާބީން: ޝިފާޒް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
ގާސިމްގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން ނާޒިމް!
ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވައިފި
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟