03 އޯގަސްޓް 2023
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރާއްޖެ ގެންގޮސް ދެއްވަން ބޭނުންވާ ހިސާބަށް ގެންގޮސްދޭން އޭނާ އަށް އެހީތެރިވެ ދެއްވަން ބޭނުންވާ ކަމަށާއި އެ ޕާޓީއާ ގުޅިވަޑައިގަތީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރާއްޖެ ގެންގޮސް ދެއްވަން ބޭނުންވާ ހިސާބަށް ގެންގޮސްދޭން އޭނާ އަށް އެހީތެރިވެ ދެއްވަން ބޭނުންވާ ކަމަށާއި އެ ޕާޓީއާ ގުޅިވަޑައިގަތީ އެހެންވެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުވަސްގަނޑަކަށް ފަހު އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ވިދާޅުވީ، އޭނާގެ ހަޔާތުގެ "ޗެލެންޖެއް" ގެ ގޮތުގައި އަދި އެއްފަހަރު މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށެވެ.
"ގާސިމް އިބްރާހިމްގެ މުޅި އުމުރުގައި އެ ކުރެއްވި މަސައްކަތުން އެ ދެކެވަޑައިގަންނަވަން ބޭނުންވާ ހިސާބަށް ގައުމު ގެންދެވޭތޯ ބަލަން މަސައްކަތް ކޮށްދޭން އަޅުގަނޑު ބޭނުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފުރުސަތަކީ އެފަދަ ފުރުސަތެއް. އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމުގައި ވަނީ ނަމަ ގައުމުގެ މިސްރާބު ބަދަލު ކޮށްލުމުގެ ބާރު ޖުމްހޫރީ ޕާޓީގެ އެބައޮތް،" ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ ވަރަށް ދުވަސް ވަންދެން ގާތް ގުޅުމެއް ބޭއްވެވި ނާޒިމް ވިދާޅުވި އެވެ.
ޑީއާރުޕީ އާއި ޕީއޭ އަދި ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނާޒިމާއި ޔާމީނާ ދެމެދު ފަހުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ޔާމީނާ ދުރަށް ވަޑައިގަތީ އެވެ. އަދި ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު އައި 25 އަހަރުގެ ޖަލު ހުކުމާ އެކު އެ ގުޅުން އިތުރަށް ގޯސްވެ، އެއްކޮށް ގުޅުން ކެނޑުނީ އެވެ.
ގާސިމް އިބްރާހިމްގެ މުޅި އުމުރުގައި އެ ކުރެއްވި މަސައްކަތުން އެ ދެކެވަޑައިގަންނަވަން ބޭނުންވާ ހިސާބަށް ގައުމު ގެންދެވޭތޯ ބަލަން މަސައްކަތް ކޮށްދޭން އަޅުގަނޑު ބޭނުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފުރުސަތަކީ އެފަދަ ފުރުސަތެއް. އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމުގައި ވަނީ ނަމަ ގައުމުގެ މިސްރާބު ބަދަލު ކޮށްލުމުގެ ބާރު ޖުމްހޫރީ ޕާޓީގެ އެބައޮތް،"--- ނާޒިމް
ނާޒިމްގެ 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ހުކުމްކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނާޒިމް މިނިވަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ސިޔާސީ ކަންކަމުގައި ނާޒިމް އަަމަލީ ގޮތުން ނޫޅުއްވަ އެވެ.
ޖޭޕީގެ މައި އޮފީހުގައި ވާހަކަ ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ މިދިޔަ ތިން ސަރުކާރު އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރި ބައެއް ކަމަށާއި އެ ދައުރު އެ ޕާޓީ އަށް އަދިވެސް އެބައޮތް ކަމަށެވެ. އަދި އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ވެސް އެ ދައުރު ޖުމްހޫރީ ޕާޓީ އަށް އޮންނާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"އެހެންވީމާ އަޅުގަނޑު [ޖޭޕީ އަށް] އައީ އެ މަސައްކަތް ކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ގާސިމް އިބްރާހިމްގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އަދި އަޅުގަނޑުމެންނަށް އެ ޔަގީންކަން ވެސް އެބައޮތް،" ނާޒިމް ވިދާޅުވި އެވެ.
ގާސިމަށް ތައުރީފު ކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި ގާސިމަށް ވުރެ އޯގާތެރި ބޭފުޅެއް އަދި ދިމައެއް ނުވެ އެވެ. ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގާސިމް ހުންނެވީ ދެގޮތެއް ނެތި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ގާސިމާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ މުހައްމަދު ޝިހާބު ވެސް ޖޭޕީއާ އަލުން ގުޅިވަޑައިގަތެވެ.
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް މިއަދު ވަނީ ސޮއި ކުރައްވާފައި. --ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދުގެ ހަފުލާގައި ގާސިމް ވިދާޅުވީ، ނާޒިމާއި ޝިހާބަކީ "އާދައިގެ ބޭފުޅުންނެއް" ނޫން ކަމަށެވެ. ވިދާޅުވީ އެއީ، ދިވެހިން އެ ބައެއްގެ ވާހަކަ އަޑުއަހަންޖެހޭ، ގައުމު ދެކެ ލޯބިވާ ތަޖުރިކާރު ދެ ބޭފުޅުން ކަމަށެވެ.
"އެހެންވީމާ އެ ބޭފުޅުން އެ ވިދާޅުވި އެއްޗެއްގެ ވަރަށް މާނަ ފުން. ވަރަށް މާނަ ފުން. އެހެންވީމާ ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ވިސްނަން އޮތީ ތިމާގެ ޖީބަށް ލިބޭ ލާރިކޮޅަކަށެއް ނޫން. ބޮޑު ޕާޓީ، ކުޑަ ޕާޓީއެއް ނޫން ބައްލަވަންވީ. ގައުމު ދެކެ ލޯބިވާ ގައުމަށް އެންމެ އިހުލާސްތެރި، ވަފާތެރި، ގައުމުގެ މުސްތަގުބަލަށް އަޅުގަނޑުމެންގެ މިނިވަންކަމަށް، އަޅުގަނޑުމެންގެ އިސްތިގްލާލަށް ވަފާތެރި ވާނީ ކޮން ބައެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވައިފި
އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ފޯމިއުލާއެއް ހޯދަނީ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި