Roadha Mihaaru
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

04 އެޕްރީލް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން ވަނީ އަންގައިފަ އެވެ.

އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ޕީޕީއެމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައިވަނީ މިދިޔަ މާޗް މަހު ޔާމީން ހައި ކޯޓުން މިނިވަން ކުރާނެ ކަމަށެވެ.

ކުށް ސާބިތުވެ، ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ.