Roadha Mihaaru
ހުޅުމާލެއިން 15 ބިމެއް ވިއްކަނީ

ހުޅުމާލެއިން 15 ބިމެއް ވިއްކަނީ

06 އެޕްރީލް 2023

ހުޅުމާލެއިން ބީލަމުގެ އުސޫލުން 15 ބިން ވިއްކަން އާބަންކޯއިން އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލެއިން ބީލަމުގެ އުސޫލުން 15 ބިން ވިއްކަން އާބަންކޯއިން އިއުލާންކޮށްފި އެވެ.

ހުޅުމާލެ ބަލަހައްޓަމުންދާ ކުރީގެ އެޗްޑީސީ ކަމަށްވާ އާބަންކޯއިން އިއުލާންކުރީ ބީޗްސައިޑުން 10 ބިމަކާއި ބީޗް ފްރަންޓުގެ ފަސް ބިމެއް ވިއްކުމަށެވެ. އެއީ 1،200 އަކަފޫޓުން ފެށިގެން 2،300 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

އާބަންކޯއިން ބުނިގޮތުގައި އެ ބިންތައް ގަތުމަށް ބީލަން ހުށަހެޅޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި އަދި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށެވެ. ބިން ގަތުމަށް ކުރިމަތިލާން ޖެހެނީ އެކަމަށް އެ ކުންފުނިން ގާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މީގެކުރިން ވެސް އެ ކުންފުނިން ވަނީ ހުޅުމާލޭގެ ދެވަނަ ފޭސް އިން ބިން ވިއްކައިފަ އެވެ.