Roadha Mihaaru
އައްޑޫ އަލިފާންގަނޑު ކޮންޓްރޯލް ނުވެ 5 ގަޑިއިރު!

އައްޑޫ ކުނިކޮށީގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ ފަސް ގަޑިއިރު؛ ލިންކު ރޯޑުން ނުދުއްވަން އެދެފި

11 އެޕްރީލް 2023

އައްޑޫ ހިތަދޫގެ ކުނިކޮށީގައި އަލިފާން ރޯވެ ކޮންޓްރޯލް ނުކުރެވި ފަސް ގަޑިއިރު ހޭދަވެފައި ވާއިރު ލިންކު ރޯޑު ބޭނުންކުރުން މިހާރު ރައްކާތެރި ނުވާނެތީ ސަމާލުވާން އެދެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައްޑޫ ހިތަދޫގެ ކުނިކޮށީގައި އަލިފާން ރޯވެ ކޮންޓްރޯލް ނުކުރެވި ފަސް ގަޑިއިރު ހޭދަވެފައި ވާއިރު ލިންކު ރޯޑު ބޭނުންކުރުން މިހާރު ރައްކާތެރި ނުވާނެތީ ސަމާލުވާން އެދެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ކަން ރިޕޯޓު ކޮށްފައި ވަނީ މިރޭ 7:00 ގަ އެވެ.

އޭގެ ފަހުން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކައުންސިލާއި ވެމްކޯ އާއި އެމްއެންޑީއެފް އަދި އައްޑޫގެ މަގުތައް ހަދަމުން އަންނަ އެފްކޯންސް ކުންފުނިން ވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށާއި އެހެންކަމުން މުހިންމު ބޭނުމެއްގައި ނޫނީ މިރޭ ލިންކް ރޯޑް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ސައިކަލުން ދަތުރު ކުރައްވާ ބޭފުޅުން އިތުރަށް ސަމާލުވެ، ދަތުރު ކުރައްވާއިރު މާސްކް އަޅުއްވައިގެން ދަތުރުކުރުމުގެ އިތުރުން ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް ދަތުރު ނުކުރެއްވުމަށް އިލްތިމާސް ކުރަން." ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުނި ކޮށިން ކުނި މަދު ނުކުރެވި 6-7 އަހަރު ވެފައިވާ ކަމަށާއި މި ދުވަސްވަރު ގަދަ ހޫނުގެ ސަބަބުން ކުނި އޮންނާނީ އެއްކޮށް ހިކިފައި ކަމަށެވެ.

ހިތަދޫ ކުނިކޮށީގައި އަލިފާން ރޯވުމުން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވަނީ--

ހިތަދޫ ކުނިކޮށީގައި އަލިފާން ރޯވުމުން އެ ސަރަހައްދުގައި އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވަނީ--

އެހެންވެ އަލިފާންގަނޑު އެއްގޮތަކަށް ވެސް ކޮންޓްރޯލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ލަފާ ކުރެވެނީ ހޫނުވެގެން ރޯވި ކަމަށް، ހޫނުގެ ސަބަބުން ސްޕްރޭ ފުޅިއެއް އެއްޗެއް ގޮވަން ވެސް ގޮވާފާނެ. އެތަން ކުނި މަދު ނުކުރާތާ އެތައް ދުވަހެއް،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އިރުއޮއްސުނު އިރުވެސް އެ ސަރަހައްދުގައި އޮތީ ރޯވެފަ އެވެ. އަދި ކުނިތައް ނެގުމުގެ މަސައްކަތް އޭރު ވެމްކޯ އިން ދިޔައީ ކުރަމުންނެވެ.

ހިތަދޫގައި ހުންނަ ޕޮލިސް ޓްރެއިން ސްކޫލާ ވެސް ކައިރި މި ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރިގެން ދިޔަ ނުދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.