Roadha Mihaaru
"އާރްއާރްއާރް" ގެ ބަތަލް ރާމް ޗަރަން ރާއްޖޭގައި

"އާރްއާރްއާރް" ގެ ބަތަލް ރާމް ޗަރަން ރާއްޖޭގައި

12 އެޕްރީލް 2023

ބައިނަލްއަގްވާމީ ބޮޑު މަގްބޫލުކަމެއް ހޯދި ދެކުނު އިންޑިއާ ފިލްމު "އާރްއާރްއާރް" ގެ ލީޑުން ފެނުނު އެކްޓަރު ރާމް ޗަރަން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބައިނަލްއަގްވާމީ ބޮޑު މަގްބޫލުކަމެއް ހޯދި ދެކުނު އިންޑިއާ ފިލްމު "އާރްއާރްއާރް" ގެ ލީޑުން ފެނުނު އެކްޓަރު ރާމް ޗަރަން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ރާމްގެ އަންހެނުން އަޕްސަނާ ކަމިނޭނީއާ އެކު ރާއްޖޭގައި ނަގާފައި ހުރި ފޮޓޯތަކެއް، އޭނާ ވަނީ އިންސްޓަގްރާމުގައި ޝެއާކޮށްފަ އެވެ. އެ ފޮޓޯތަކުގައި، އޭނާ އާއި އަންހެނުން ލޯންޗެއްގައި ދަތުރުކުރާ މަންޒަރާއި އިރުއަރާ ތަން ބަލަން ތިބޭ މަންޒަރު ފެނެ އެވެ.

އޭގެ ކުރިން، އަޕްސަނާ ވަނީ އެ މީހުން އައި މަތިންދާބޯޓުގެ މަންޒަރުތަކެއް، ކެޕްޝަންގައި "ހެލޯ މޯލްޑިވްސް" ޖެހުމަށް ފަހު އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.

ރާމް އާއި އަޕްސަނާ ރާއްޖެ އައިސްފައި މި ވަނީ އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރިތާ ދެތިން މަސް ފަހުންނެވެ. ކައިވެނިކޮށްގެން އުޅޭތާ 10 އަހަރު ފަހުން، ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ރާމް ޗަރަން (ވ) އާއި އޭނާގެ އަންހެނުން އަޕްސަނާ (ކ)

ރާމް ޗަރަން (ވ) އާއި އޭނާގެ އަންހެނުން އަޕްސަނާ (ކ)

"އާރްއާރްއާރް" ފިލްމުގެ ޕްރޮމޯޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ނިންމުމަށް ފަހު، ރާމް ދެން އެންމެ އަވަހަށް ފެންނާނީ، ކިއާރާ އަދްވާނީއާ އެކު، ޑައިރެކްޓަރު އެސް ޝަންކަރްގެ ފިލްމު "ގޭމް ޗޭންޖާ" އިންނެވެ. އަދި ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ގައި ރާމްގެ ކެމިއޯއެއް ފެނެ އެވެ.