Roadha Mihaaru
އައިކެއާގެ އީދު ސޭލެއް، 15 ޕަސެންޓްގެ ޑިސްކައުންޓެއް

އައިކެއާގެ ހާއްސަ އީދު ސޭލެއް، 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ

13 އެޕްރީލް 2023

މި އަހަރުގެ ފިތުރު އީދަށް ހާއްސަކޮށް، އައިކެއާ އޮޕްޓިކަލްސް އިން އީދު ސޭލެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ފިތުރު އީދަށް ހާއްސަކޮށް، އައިކެއާ އޮޕްޓިކަލްސް އިން އީދު ސޭލެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް އޮންނަ އެ އީދު ސޭލްގައި އަވި އައިނާއި ނަމްބަރު އައިނު ގަންނަ ކަސްޓަމަރުންނަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އައިކެއާގެ ލޯޔަލްޓީ މެމްބަރުންނަށް އިތުރު ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

ޕްރޮމޯޝަނާއި ގުޅޭ ގޮތުން އައިކެއާއިން ކުރި ޕޯސްޓެއް.

އައިކެއާ އިން ކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އެ ތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުރެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް އެ ތަނުން ލިބެ އެވެ.

އައިކެއާ އިން ފެށި އީދު ސޭލް މާލޭގައި ހުންނަ އައިކެއާގެ އައިނު ވިއްކާ ފިހާރަތަކުގެ އިތުރުން ފުވައްމުލަކު އަދި އައްޑޫގެ އައިކެއާގެ އައުޓްލެޓްތަކުގައި އޮންނާނެ އެވެ.