Roadha Mihaaru
އައިކެއާއިން މަންދޫގައި ފެނާއި ނަރުދަމާ ގާއިމް ކޮށްދީފި

މަންދޫގައި އައިކެއާއިން ފެނާއި ނަރުދަމާ ގާއިމް ކޮށްދީފި

07 ސެޕްޓެމްބަރ 2023

އައިކެއާގެ އިޖުތިމާއީ ޒިންމާގެ ދަށުން އދ. މަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި، އެރަށު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައިކެއާގެ އިޖުތިމާއީ ޒިންމާގެ ދަށުން އދ. މަންދޫގައި ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި، އެރަށު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

މަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިކެއާއިން ވަނީ އެރަށުގައި ގާއިމް ފެނާއި ނަރުދަމާގެ ނިޒާމު އެރަށު ކައުންސިލާ ހަވާލު ކުރުމުގެ އިތުރުން އެ ހިދުމަތް އެރަށުގައި ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ތަރައްގީގައި އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި އެކި ވަސީލަތްތައް ގާއިމްކުރަން އޭނާ ހިތްވަރު ދެއްވި އެވެ.

އައިކެއާއިން މަަންދޫގައި ހިންގި މަޝްރޫއުގެ ދަށުން، ބޯފެން އުފައްދާ ދެ ރިވާސް އޮސްމޯސިސް ޕްލާންޓާއި 74 ޓަނުގެ ފެން ރައްކާކުރެވޭ ދެ ސްޓޯރޭޖް ޓޭންކް ވަނީ ބަހައްޓައިފަ އެވެ.

އދ. މަންދޫގައި އައިކެއާއިން ގާއިމުކުރި ފެން ޕްލާންޓު ބެހެއްޓި ސަރަހައްދުގައި ދިދަ ނަގަނީ. -- ފޮޓޯ: އައިކެއާ

އދ. މަންދޫގައި އައިކެއާއިން ގާއިމުކުރި ފެން ޕްލާންޓު ބެހެއްޓި ސަރަހައްދުގައި ދިދަ ނަގަނީ. -- ފޮޓޯ: އައިކެއާ

އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުالله ޒާހިރު ވިދާޅުވީ މަންދޫގައި ފެނުގެ ޒަރީއާއިން ދިމާވާ ސިއްހީ މައްސަލަތައް އެ މަޝްރޫއުގެ ސަބަބުން 70 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދަން ރަށު ކައުންސިލާއި އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަ ކުރެއްވި އެވެ.

އައިކެއާއިން މަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އައިކެއާއިން މި މަސައްކަތާ ހަވާލުވީ 2018 ވަނަ އަހަރު އެވެ.

އައިކާއިން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިން ވެސް އެކި މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ. އޭގެ ތެރޭގައި ފިޔަވަޅު ރިސޯޓާއި އާއި މަންދޫއާ ދެމެދު ދަތުރުފަތުރުގެ ހިދުމަތް ފެށުމާއި އެރަށު ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް އެރަށުގައި ގާއިމް ކުރުން ހިމެނެ އެވެ.