Roadha Mihaaru
މިއަދު އައިކެއާގައި ކޮންމެ ވިޔަފާރިއަކުން ޑިސްކައުންޓް!

މިއަދު އައިކެއާ އަށް ދާތި، ކޮންމެ ވިޔަފާރިއަކުން ޑިސްކައުންޓް ލިބޭނެ!

22 މެއި 2023

މިއަދުގެ ނިޔަލަށް ކުރިއަށްދާ "ފްލޭޝް ސޭލެއް" އައިކެއާ އޮޕްޓިކަލްސްގައި ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިއަދުގެ ނިޔަލަށް ކުރިއަށްދާ "ފްލޭޝް ސޭލެއް" އައިކެއާ އޮޕްޓިކަލްސްގައި ފަށައިފި އެވެ.

އައިކެއާ އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދުގެ "ފްލޭޝް ސޭލް" ގައި ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންނަށް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ޑިސްކައުންޓު މިއަދު ގަންނަ ކޮންމެ ޕްރޮޑަކްޓަކުން ވެސް ލިބޭނެ އެވެ.

އައިކެއާއިން ވިއްކާ ޖަޕާނުގެ މަޝްހޫރު "ސީޑް" ކޮންޓެކްޓު ލެންސް. -- ފޮޓޯ: އައިކެއާ

އައިކެއާއިން ވިއްކާ ޖަޕާނުގެ މަޝްހޫރު "ސީޑް" ކޮންޓެކްޓު ލެންސް. -- ފޮޓޯ: އައިކެއާ

އައިކެއާއިން ބުނި ގޮތުގައި އަހަރީ ދުވަހާ ދިމާކޮށް ކަސްޓަމަރުންނަށް ސަޕްރައިޒެއްގެ ގޮތުގައި ހުޅުވާލި މި ފުރުސަތަކީ ކަސްޓަމަރުންނާ އެކު އަހަރީ ދުވަހުގެ އުފާ ފާހަގަކުރުމަށް ހުޅުވާލި ފުރުސަތެކެވެ. މި ފުރުސަތުގެ ސަބަބުން އެތައް ބަޔަކަށް އައިކެއާގެ ކޮލިޓީ އުފެއްދުންތައް ހެޔޮ އަގެއްގައި ލިބޭނެ ކަމަށް ބުންޏެވެ.

އައިކެއާ އޮޕްޓިކަލްސްއިން ވިއްކާ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ އޮޕްޓިކަލްސްއިން ވިއްކާ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ އޮޕްޓިކަލްސް އަކީ ބްރޭންޑެޑް އަވިއައިނާއި އައިނު ދުނިގަނޑު ވިއްކާ ތަނެކެވެ. އެ ތަނުން މަޝްހޫރު "ސީޑް" ބްރޭންޑުގެ ލެންސް ވެސް ވިއްކަ އެވެ.

އައިކެއާގައި މިއަދު ކުރިއަށްދާ ސޭލް މާލޭގެ އައިކެއާ ފިހާރަތަކުގެ އިތުރުން ފުވައްމުލަށް އަދި އައްޑޫގައި ހުންނަ އައުޓްލެޓްތަކުގައި ވެސް ކުރިއަށް ދާނެ އެވެ.