Roadha Mihaaru
ވިނަރެސްއަށް ފައިސާ ދައްކަން އެމްއައިބީގެ ލުއިތަކެއް

އެމްއައިބީގެ "އުޖާލާ ހިޔާ" އިން ވިނަރެސް ފްލެޓަށް ފައިސާ ދައްކައިގެން ގިނަ ލުއިތަކެއް

17 އެޕްރީލް 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "އުޖާލާ ހިޔާ" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް، ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓަށް މިހާރު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން އިއްޔެ ބުނެފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "އުޖާލާ ހިޔާ" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް، ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓަށް މިހާރު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން އިއްޔެ ބުނެފި އެވެ.

ލިބޭ އާމްދަނީއާ ބަލާއިރު، އެމްއައިބީގެ ހައުސިން ފެސިލިޓީން ދޫކުރާ އަދަދު އެހެން ބޭންކުންތަކަށް ވުރެ ބޮޑެވެ.

އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ ބޭނުންކޮށްގެން، ވިނަރެސް އަށް ފައިސާ ދައްކާ މީހުންނަށް އިކުއިޓީގެ ގޮތުގައި ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ކަމަށާއި އެޕާޓްމަންޓުގެ ޖުމްލަ އަގުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ބުންޏެވެ. އެއާ އެކު، މާކެޓްގެ އެންމެ ކުޑާ ރޭޓް ކަމަށްވާ ނުވަ ޕަސެންޓުގައި ފައިނޭންސް ކޮށްދޭނެ އެވެ.

އެމްއައިބީން ބުނިގޮތުގައި، އެހެން ބޭންކުތަކާ ހިލާފަށް އެ ބޭންކު މެދުވެރިކޮށް، ނިމިފައި ހުރި އެޕާޓްމަންޓެއް ގަންނަ ނަމަ ތިން މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.

އާ އެޕާޓްމަންޓަކަށް ބަދަލުވުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އެހެންވެ، އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް، އެޕާޓްމަންޓެއް ގަންނަ ނަމަ އެއީ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އެ ބޭންކުން ފާހަގަކުރި އެވެ.

އެ ފައިނޭންސިން ފެސިލިޓީގައި ބައިވެރިވެވޭނީ ނަގާ ފެސިލިޓީއަށް ދައްކަން ޖެހޭ އަދަދު މަހެއްގެ މައްޗަށް، އެވްރެޖްކޮށް އެ މީހަކަށް ލިބޭ އާމްދަނީގެ 50 ޕަސެންޓަށް ވުރެ އިތުރު ނުވާ ނަމަ އެވެ. ފައިނޭންސިން ފެސިލިޓީ ނެގުމަށް ކޯ އެޕްލިކަންޓަކާ އެކު ހުށަހަޅާ ނަމަ ދެ މީހަކަށް ލިބޭ އާމްދަނީގެ ޖުމްލަ އަދަދަށް ބަލާނެ އެވެ.

އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ ހަމަޖެއްސުމަށް ގެރެންޓާއެއް ބޭނުމެއް ނުވާނެ އެވެ.

އެ ފައިނޭންސިން ފެސިލިޓީ އަށް ހުށަހަޅަން ބޭނުންވާ މީހުންގެ އާމްދަނީގެ ގޮތުގައި އެމްއައިބީން ބަލާނީ ދާއިމީ ވަޒީފާ އަދާކޮށްގެން ލިބޭ މުސާރަ އާއި ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އެވެ. އެކަމަކު، އެއީ ލިޔެކިޔެމުން ކަށަވަރު ކުރެވޭނެ އާމްދަނީތަކަށް ވާން ޖެހެ އެވެ.

އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ އަށް އެދި ހުށަހެޅުމުގައި، ކޯ އެޕްލިކަންޓެއްގެ ގޮތުގައި މައިންބަފައިންނާއި ދަރިން އަދި އަނބިމީހާ ނުވަތަ ފިރިމީހާ ހިޔާރު ކުރެވޭނެ އެވެ.

ނޯޓް: މިއީ އެމްއައިބީގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.