Roadha Mihaaru
އީދު ހަދިޔާ އަށް ސިމްޑީން ގިފްޓު ޕެކެއް

އީދު ހަދިޔާ އަށް ސިމްޑީން ގިފްޓް ޕެކެއް

20 އެޕްރީލް 2023

މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހަށް ހާއްސަކޮށް، އީދުގެ ތަހުނިޔާ ހިމަނައި އީދު ގިފްޓް ޕެކްތަކެއް ސިމްޑީ އިން ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހަށް ހާއްސަކޮށް، އީދުގެ ތަހުނިޔާ ހިމަނައި އީދު ގިފްޓް ޕެކްތަކެއް ސިމްޑީ އިން ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ބުނީ، އެއީ މި ރޯދަމަހު ކުރިއަށް ގެންދިޔަ ރޯދަ ހަދިޔާ ޕެކަށް ލިބުނު ތަރުހީބާ ގުޅިގެން ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ތައާރަފް ކުރި "އީދު ހަދިޔާ" ޕެކްތަކެއް ކަމަށެވެ.

"އީދު ހަދިޔާ" ޕެކްތަކުގެ ތެރޭގައި ހަތަރު އަގެއްގެ ހަތަރު ޕެކެއް ހިމެނެ އެވެ. އޭގެ ތެރޭގައި 500ރ. ގެ ޕެކަކާއި 1،000ރ. ގެ ޕެކަކާއި 1،500ރ. ޕެކަކާއި 2،000ރ. ގެ ޕެކެއް ހިމެނެ އެވެ.

"އީދު ހަދިޔާ" ގެ ގޮތުގައި ސިމްޑީން ނެރެފައިވާ ގިފްޓް ޕެކްތަކުގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ވިއްކާ ޖޫސް ހަދާ، މޯނިން ބްރޭންޑުގެ ސިރަޕާއި އިލީ ކޮފީ އާއި ދުނާރު ރައިސް ފަދަ ޕްރޮޑަކްޓްތަކެކެވެ.

ސިމްޑީން ބުނީ "އީދު ހަދިޔާ" ޕެކްތައް ކަސްޓަމަރު ބޭނުން ފަރާތަކަށް ޑެލިވާ ކޮށްދޭނެ ކަމަށެވެ. ސިމްޑީ އެޕް މެދުވެރިކޮށް، އޯޑަރު ކުރާއިރު، އެ ފޮނުވަން ބޭނުންވާ މީހާގެ އެޑްރެސް ހިމެނުމުން އެ މީހަކަށް އެ "އީދު ހަދިޔާ" ޕެކް ޑެލިވަރީ ކޮށްދޭނެ އެވެ. އެ ޕެކްތައް ފޮނުވާ އިރު، ޕެކް ދޭން ބޭނުންވާ މީހާ އަށް ހާއްސަ މެސެޖެއް ދޭން ބޭނުންވާ ނަމަ އެ މެސެޖެއް ވެސް ހިމެނޭނެ އެވެ.