Roadha Mihaaru
ސިމްޑީ ރެސޫއަށް "މޮނިން"ގެ ޕްރޮޑަކްޓުތައް

ސިމްޑީ ރެސޫގައި "މޮނިން"ގެ ޕްރޮޑަކްޓުތައް ވިއްކަން ފަށައިފި

17 ޖެނުއަރީ 2024

އެކި ފްލޭވާތަކުގެ ސިރަޕާއި ފްރުޓް މިކްސް ތައްޔާރުކުރާ "މޮނިން" ބްރޭންޑުގެ ޕްރޮޑަކްޓުތައް ސިމްޑީ ރެސޫ ފިހާރައިގައި ވިއްކަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެކި ފްލޭވާތަކުގެ ސިރަޕާއި ފްރުޓް މިކްސް ތައްޔާރުކުރާ "މޮނިން" ބްރޭންޑުގެ ޕްރޮޑަކްޓުތައް ސިމްޑީ ރެސޫ ފިހާރައިގައި ވިއްކަން ފަށައިފި އެވެ.

"މޮނިން" ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ސިމްޑީ ބެވަރަޖަސްއިން މީގެ ކުރިން މޮނިންގެ ޕްރޮޑަކްޓުތައް ވިއްކަމުން ދިޔައީ ސިމްޑީ އެޕް މެދުވެރިކޮށް ރިސޯޓުތަކަށާއި ކެފޭ ރެސްޓޯރަންޓުތަކަށެވެ.

ސިމްޑީން ބުނި ގޮތުގައި ސިމްޑީ ރެސޫ ފިހާރައިން "މޮނިން"ގެ އުފެއްދުންތައް ވިއްކަން ފެށީ ރީޓެއިލް މާކެޓުގައި ޑިމާންޓު ބޮޑެވެ، އާއްމުންގެ މެދުގައި މި ޕްރޮޑަކްޓު މަގުބޫލުވެ، ގޭގައި ބޭނުންކުރަން "މޮނިން"ގެ ޕްރޮޑަކްޓުތައް ގަތުން އިތުރުވުމުން ކަމަށެވެ.

"މޮނިން"ގެ އެމްބެސަޑަރު ވަރުން ތާޕާ "މޮނިން"ގެ ޕްރޮޑަކްޓުތައް ދައްކާލަނީ. -- ފޮޓޯ: މިހާރު

"މޮނިން"ގެ އެމްބެސަޑަރު ވަރުން ތާޕާ "މޮނިން"ގެ ޕްރޮޑަކްޓުތައް ދައްކާލަނީ. -- ފޮޓޯ: މިހާރު

ސިމްޑީން ބުނީ ކުރިއަށް ރޯދަ މަސް އޮތް އިރު، ރޯދަ މަހު މި ޕްރޮޑަކްޓަށް އޮތް ޑިމާންޑު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. "މޮނިން"ގެ ޕްރޮޑަކްޓުތައް ސިމްޑީ ރެސޫއިން ލިބެން ހުރުމަކީ ކަސްޓަމަރުންނަށް މި ޕްރޮޑަކްޓުގެ އެކި ފްލޭވާތައް ތަޖުރިބާ ކުރުމަށް އިތުރަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

ސިމްޑީ ރެސޫގައި "މޮނިން"ގެ ޕްރޮޑަކްޓުތައް ވިއްކަން ފެށުން ފާހަގަކުރުމަށް އެ ފިހާރައިގައި ހާއްސަ ހަރަކާތެއް ވަނީ ބާއްވައިފަ އެވެ. މި ހަރަކާތުގައި ސިމްޑީގެ ސްޓާފުންނާއި، ކަސްޓަމަރުން ބައިވެރިވި އެވެ. މި ހަރަކާތުގައި "މޮނިން"ގެ އެކި ޕްރޮޑަކްޓުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ދިނެވެ.

"މޮނިން" ބްރޭންޑުގެ އެމްބެސެޑަރު ވަރުން ތާޕާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ބްރޭންޑަށް އޮތް ޑިމާންޑު ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

"އަޅުގަނޑުމެން ސިމްޑީއާ ގުޅިގެން ރިސޯޓު މާކެޓަށް އަމާޒުކޮށް މި ޕްރޮޑަކްޓު ގެންނަން ފެށީ. މިހާރު މި ޕްރޮޑަކްޓަކީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ފައިވް ސްޓާ ރިސޯޓަކުން ބޭނުންކުރާ ޕްރޮޑަކްޓެއް. އަދި މިހާރު މާލޭގެ ބޮޑެތި ރެސްޓޯރަންޓުތަކާއި ހޮޓެލްތަކުގައި ވެސް މި ޕްރޮޑަކްޓު އަންނަނީ ބޭނުން ކުރަމުން. އަދި ގިނަ ބަޔަކު ހޯމް ޔޫޒްއަށް ބޭނުން ކުރަން ވެސް މި ޕްރޮޑަކްޓަށް އަންނަނީ އޯޑަރު ދެމުން." އޭނާ ވިދާޅުވި އެވެ.

ސިމްޑީން "މޮނިން" ބްރޭންޑުގެ 50 ފްލޭވާއެއްގެ ސިރަޕާއި 17 ފްރުޓް މިކްސް އަދި ތިން ފްރެޕޭ ޕައުޑާ އާއި ދެ ވައްތަރުގެ ޗޮކްލެޓް ސޯސް ލިބެން ހުންނާނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް "މޮނިން"ގެ ޕްރޮޑަކްޓުތައް ސިމްޑީ ރެސޫއަށް ތައާރަފްކުރި އިރު، މި ތަނުން ވިއްކާ ހޯމް އެޕްލަޔަންސްތައް ވެސް ހާއްސަ އަގުތަކެއްގައި މި ދުވަސްވަރު އަންނަނީ ވިއްކަމުންނެވެ. މިއީ ރޯދަ ޕްރޮމޯޝަން ފެށުމުގެ ކުރިން ކަސްޓަމަރުންނަށް ރޯދަ މަހަށް ތައްޔާރުވުމަށް ސިމްޑީން ވިއްކާ އިލެކްޓްރޯލަކްސްގެ ޕްރޮޑަކްޓުތައް ހެޔޮއަގުގައި ހޯދުމަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ.

ސިމްޑީ ރެސޫ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.