Roadha Mihaaru
ސިމްޑީއިން ކެނޮން ފޮޓޯގްރަފީ ކޯސްތަކެއް ހިންގަނީ

ސިމްޑީއިން ކެނޮން ފޮޓޯގްރަފީ ކޯސްތަކެއް ހިންގަނީ

28 އޯގަސްޓް 2023

ސިމްޑީއިން ކެނޮން ފޮޓޯގްރަފީ ކޯސްތަކެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީއިން ކެނޮން ފޮޓޯގްރަފީ ކޯސްތަކެއް ތައާރަފްކޮށްފި އެވެ.

ސިމްޑީއިން ބުނީ އެ ކުންފުނިން ތައާރަފްކުރި ފޮޓޯގްރަފީ ކޯސްތަކަކީ އަލަށް ފޮޓޯގްރަފީ ދަސްކުރަން ބޭނުންވާ މީހުންނާއި މިހާރު ވެސް އެ ޕްރޮފެޝަންގައި މަސައްކަތްކުރާ މީހުންނަށް އެކަށީގެންވާނެ ކޯސްތަކެއް ކަމަށެވެ.

ކޯސްތަކުގެ ތަފްސީލް ހިމެނޭ ޕޯސްޓު

ކެނޮން ފޮޓޮގްރަފީ ކޯސްތައް

- ދަ އެސެންޝަލްސް

މި ކޯހަކީ އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ފޮޓޯގްރަފީގެ ހުރިހާ ބޭސިކް ސްކިލްތަކެއް ކިޔަވާދޭ ކޯހެކެވެ. މި ކޯހުގައި ކެމެރާގެ އެކި ވައްތަރުތަކާއި ކޮންޓްރޯލް ފީޗާތަކާއި އޮޓޯ މޯޑުތައް އަދި ކޮމްޕޮޒިޝަން ޓެކްނިކުތައް ކިޔަވައިދޭނެ އެވެ. މި ކޯހުގެ ފީ އަކީ 1،250ރ. އެވެ. މިއީ ފަސް ދުވަހުގެ ކޯހެކެވެ.

- ކްރިއޭޓިވް ކޮންޓްރޯލް

މިއީ ފޮޓޯގްރަފީ ކޮންމެވެސް ވަރަކަށް ދަންނަ މީހުންނަށް ހާއްސަ ކޯހެކެވެ. މި ކޯހުގައި އެޑްވާންސް ޝޫޓިންއަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭނެ އެވެ. އޭގެ ތެރޭގައި މެނުއަލްކޮށް ޝޫޓްކުރުމާއި ފްލޭޝް ބޭނުންކުރާނެ ގޮތާއި ފްރޭމްކުރަންވީ ގޮތްތައް ކިޔަވައިދޭނެ އެވެ. މި ކޯހުގެ ފީ އަކީ 1،750ރ. އެވެ. ކޯހުގެ މުއްދަތަކީ 10 ދުވަހެވެ.

- ސްޓޫޑިއޯ ލައިޓިން

މި ކޯހަކީ ފޮޓޯގްރަފީއަށް ލައިޓިން ހަދާ ގޮތްތައް ދަސްކޮށްދޭ ކޯހެކެވެ. ލައިޓިންގެ ބޭސިކުން ފެށިގެން ސްޓޫޑިއޯ ލައިޓިންއަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް މި ކޯހުގައި ކިޔަވާދޭނެ އެވެ. މިއީ ފަސް ދުވަހުގެ ކޯހެކެވެ. ކޯހުގެ ފީ އަކީ 2500ރ. އެވެ.

- ލައިޓްރޫމް

މި ކޯހަކީ ފޮޓޯގްރަފަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ލައިޓްރޫމް އެންމެ އެފިޝަންޓުކޮށް ބޭނުންކުރާނެ ގޮތްތަކާއި މިހާރަށް ވުރެ އެޑިޓިން ހުނަރު ތަރައްގީކުރެވޭނެ ގޮތްތައް ކިޔަވާދޭނެ އެވެ. މި ކޯހުގެ ފީ 2500ރ. އެވެ. މި ކޯހަކީ ފަސް ދުވަހުގެ ކޯހެކެވެ.

- ފޮޓޯޝޮޕް

މި ކޯހަކީ ވެސް ފޮޓޯގްރަފަރުންނަށް ހާއްސަ ކޯހެކެވެ. މި ކޯހުގައި ފޮޓޯޝޮޕްގެ އެކި އިފެކްޓުތަކާއި ރީޓަޗްކުރުމާއި ކޮމްޕޯސްޓިން ފަދަ ކަންތައްތައް ކިޔަވާދޭނެ އެވެ. މި ކޯހުގެ ފީ އަކީ 1500ރ. އެވެ. މި ކޯހަކީ ފަސް ދުވަހުގެ ކޯހެކެވެ.

ސިމްޑީއިން ކުރިއަށް ގެންދާ ފޮޓޯގްރަފީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާާފަ އެވެ. ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ބެޗުގެ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ފުރަތަމަ ބެޗުގެ ކިޔެވުން ފަށާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ.