Roadha Mihaaru
ފެނަކައިން ދިނީ 20ޓަނު ފެން، އަދި 30ޓަނު ބޭނުންވޭ

ފެނަކައިން ދިން 20 ޓަނު ފެނުން ނުފުދޭ، އިތުރަށް ފެން ބޭނުން: ހޯނޑެއްދޫ ކައުންސިލް

23 އެޕްރީލް 2023

ފެނަށް ޖެހުނު ގދ. ހޯނޑެއްދު އަށް ފެނަކައިން 20 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދި އިތުރަށް ފެން ބޭނުންވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފެނަށް ޖެހުނު ގދ. ހޯނޑެއްދު އަށް ފެނަކައިން 20 ޓަނުގެ ފެން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދި އިތުރަށް ފެން ބޭނުންވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފެން ފޯރުކޮށްދޭން ފެނަކައިގައި އެދުނުތާ ގާތްގަނޑަކަށް މަހެއް ފަހުން މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ކުންފުނިން ވަނީ ހޯނޑެއްދޫގެ ފެނަކަ ބުރާންޗުގައި ހުންނަ ފެން ރައްކާ ކުރާ ސްޓޯރޭޖަށް ވޯޓާ ސަޕްލައި ފެން ޖަމާކޮށްދީފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ، ފެނަކަ އިން ފޯރުކޮށްދިން ދިނީ ދޮޅު ހަފުތާ އަށް ބޭނުން ކުރެވޭ ވަރުގެ ފެން ކަމަށެވެ.

"އަޅުގަނޑުމެން އެދިފައި ވަނީ 50 ޓަނު ފެން ފޯރުކޮށް ދިނުމަށް،" މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެން ފޯރުކޮށްދޭން އެދުނު ސިޓީ އަށް އިޝާރާތް ކުރައްވަމުން ވާރިޝް ވިދާޅުވި އެވެ.

ފެން ފޯރުކޮށްދިނުން ލަސްވުމުން، ހޯޑެއްދޫ ކައުންސިލުން ވަނީ ބޯން ބޭނުން ކުރާ ފެން ފޯރުކޮށް ދިނުމަށް އެދި އާންމުކޮށް ހުޅުވާލައިފަ އެވެ.

ވާރިޝް ވިދާޅުވިގޮތުގައި، މިނަރަލް ވޯޓާގެ 300 ކޭސް އޭގެ ފަހުން ޖަމިއްޔާ އަކުން ހަދިޔާކުރި އެވެ.

"މާލެ އަންނަ ބޯޓަކުން އެ 300 ކޭސް ގެނައުމަށް މިދަނީ މަސައްކަތް ކުރަމުން. އަދި އެހެން ފަރާތަކުން ވެސް އެބައޮތް ފެން ގަންނަން ފައިސާ ފޯރުކޮށް ދޭނެ ކަމަށް ވެސް ބުނެފައި،" އޭނާ ވިދާޅުވި އެވެ.

ހޯނޑެއްދޫގެ އާބާދީ އަކީ 1،340 ކަމަށް ވާއިރު، ރަށުގައި މިހާރު ދިރިއުޅެނީ 900 ވަރަކަށް މީހުންނެވެ.