Roadha Mihaaru
ފިޔަވަޅުތަކާއެކުވެސް ރަޝިއާ ބިލިއަނަރުންގެ އަދަދު މަތި

ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ރަޝިއާގެ ބިލިއަނަރުންގެ އަދަދު މައްޗަށް

23 އެޕްރީލް 2023

މޮސްކޯ (އޭޕްރީލް 23) - ޔޫކްރޭނާ ދެކޮޅަށް މިދިޔަ އަހަރު ރަޝިއާ އިން ފެށި ހަނގުރާމައާ ހެދި އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ކުރިމަތި ކުރި އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ރަޝިއާގައި ބިލިއަނަރުންގެ އަދަދު މަތިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މޮސްކޯ (އޭޕްރީލް 23) - ޔޫކްރޭނާ ދެކޮޅަށް މިދިޔަ އަހަރު ރަޝިއާ އިން ފެށި ހަނގުރާމައާ ހެދި އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ކުރިމަތި ކުރި އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ރަޝިއާގައި ބިލިއަނަރުންގެ އަދަދު މަތިވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ވަނީ، އެ ގައުމުތަކުގައި ރަޝިއާގެ ބިލިއަނަރުން ކޮށްފައިވާ އިންވެސްޓްމެންޓްތައް ވެސް ހުއްޓުވައިފަ އެވެ.

ދުނިޔޭގެ މަހުޖަނުންނާއި ވިޔަފާރި ބްރޭންޑްތައް ރޭންކު ކުރާ ފޯބްސް މަޖައްލާ އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ބުނާ ގޮތުން މިދިޔަ އަހަރު ރަޝިއާގައި އިތުރު 22 މުއްސަނދިން ބިލިއަނަރުންގެ ލިސްޓަށް އަރައިފަ އެވެ. އޭގެ ކުރިން ރަޝިއާގައި ތިބީ 88 ބިލިިއަނަރުންނެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މި އަހަރުގެ މާޗް މަހާ ހަމައަށް ރަޝިއާގައި 110 ބިލިއަނަރުން އެބަ ތިއްބެވެ.

ފޯބްސްގެ އާ ރޭންކިންގައި ހިމެނޭ ރަޝިޔާ ބިލިއަނަރުގެ އާމްދަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 353 ބިލިއަން ޑޮލަރުން 505 ބިލިއަން ޑޮލަރަށް އިތުރު ވެފަ އެވެ. އެންމެ ކާމިޔާބު 10 ބިލިއަނަރުންގެ އާމްދަނީ ވަނީ ޖުމްލަ 77.4 ބިލިއަން ޑޮލަރު އިތުރު ކޮށްފަ އެވެ. މިދިޔަ އަހަރާއި މި އަހަރުގެ ރޭންކިންގައި ވެސް ބައިވެރިވި ބިލިއަނަރުންގެ ތެރެއިން 58 މީހުންގެ ފައިދާ ކުރިއަރާފައި ވަނީ ޖުމްލަ 140.3 ބިލިއަން ޑޮލަރަށެވެ.

ބިލިއަނަރުން އެންމެ ގިނަ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުގައި 735 ބިލިއަނަރުން އެބަ ތިއްބެވެ.