Roadha Mihaaru
މަޝްއަރު ގުރޫޕްގެ އުމްރާވެރިން ނުގެންނަން ނިންމައިފި

މަޝްއަރުގެ އުމްރާވެރިން ނުގެންނަން ފްލައިޓް ޗާޓަރުކުރި ކުންފުނިން ނިންމައިފި

25 އެޕްރީލް 2023

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާ އަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ގަންނަން މެދުވެރިވި ކުންފުންޏަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދައްކާތީ އެ ކުންފުނި މެދުވެރިވެގެން އެ މީހުން ރާއްޖެ ގެންނަން ފުރުސަތު ނުދޭން ނިންމައިފި އެވެ.

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ރޯދަމަހުގެ އުމްރާ އަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ގަންނަން މެދުވެރިވި ކުންފުންޏަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދައްކާތީ އެ ކުންފުނި މެދުވެރިވެގެން އެ މީހުން ރާއްޖެ ގެންނަން ފުރުސަތު ނުދޭން ނިންމައިފި އެވެ.

އެކަމަކު، އެ މީހުން އަނބުރާ ދެން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

މަޝްއަރު ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ގެންދިޔަ 146 މީހުން އެނބުރި ރާއްޖެ ގެނައުމުގައި ސުވާލު އުފެދުނީ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދޫކުރި 141،450 ޑޮލަރުގެ ޗެކް ބައުންސްވުމުންނެވެ. އެ ޗެކް ބައުންސްވިތާ ތިން ހަފުތާއެއްހާ ދުވަސް ވީއިރު ވެސް ޗެކްގައިވާ އަދަދަށް ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްއަރު ގުރޫޕުން ފައިސާ ނުދައްކާ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ކަށަވަރު ކޮށްދެއްވި އެވެ.

"... އެކަމަކު އެ ގުރޫޕުން އަދިވެސް ޕޭމަންޓެއް ނުހަދާ. އެހެންވެ އަޅުގަނޑުމެން މިހާރު ވާނީ ކަނޑައަޅާފައި މަޝްއަރު ގުރޫޕްގެ އުމްރާވެރިން އަޅުގަނޑުމެންގެ ހަވާލުގައި ނުގެންނަން. މަޝްއަރު ގުރޫޕްގެ 138 މީހަކު އަންނަ ބުރާސްފަތި ދުވަހު ގެންނަން ވެސް އޮތީ ޝެޑިއުލް ކޮށްފައި،"--- ޓްރެވެލް 2 މޯލްޑިވްސް

ޓްރެވެލް 2 މޯޑިވްސްގެ އޮފިޝަލް ވިދާޅުވީ، އެ ކުންފުނި މެދުވެރިވެގެން ދެ ދުވަހަށް ޗާޓަރު ކުރި ދެ ފްލައިޓެއްގައި މަޝްއަރު ގުރޫޕްގެ މީހުން ސައޫދީން ފުރަން ވަނީ ތާވަލު ކޮށްފަ އެވެ. އެ ކުންފުނި މެދުވެރިވެގެން މިރޭ ފަތިހު ހަތަރު ގުރޫޕެއްގެ މީހުން ރާއްޖެ އަންނަން ސައޫދީން ފުރަން ތާވަލު ކޮށްފައިވާއިރު އޭގެ ތެރޭގައި މަޝްއަރު ގުރޫޕުގެ 8 މީހަކު ހިމެނެ އެވެ. ބާކީ 138 މީހުން ރާއްޖެ ގެންނަން ތާވަލު ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

"... އެކަމަކު އެ ގުރޫޕުން އަދިވެސް ޕޭމަންޓެއް ނުހަދާ. އެހެންވެ އަޅުގަނޑުމެން މިހާރު ވާނީ ކަނޑައަޅާފައި މަޝްއަރު ގުރޫޕްގެ އުމްރާވެރިން އަޅުގަނޑުމެންގެ ހަވާލުގައި ނުގެންނަން. މަޝްއަރު ގުރޫޕްގެ 138 މީހަކު އަންނަ ބުރާސްފަތި ދުވަހު ގެންނަން ވެސް އޮތީ ޝެޑިއުލް ކޮށްފައި،" ޓްރެވެލް 2 މޯލްޑިވްސް އޮފިޝަލް ވިދާޅުވި އެވެ.

މަޝްއަރު ގުރޫޕްގެ 138 މީހުންނާ އެކު، އެހެން ގުރޫޕެއްގެ 50 އުމްރާވެރިއަކު ވެސް އެ ފްލައިޓްގައި ގެންނަން އޮތީ ނިންމައިފަ އެވެ.

"ނަމަވެސް، މަޝްއަރު ގުރޫޕް ފިޔަވައި އަނެއް ގުރޫޕްގެ 50 މީހުންގެ މައްސަލައެއް ނެތް. ބަރާބަރަށް ހުރީ ފައިސާ ދައްކާފައި. މައްސަލަ މި އުޅެނީ މަޝްއަރު ގުރޫޕްގައި. މަޝްއަރު ގުރޫޕްގެ މީހުން ނުގެންނާނަނަން އަޅުގަނޑުމެންނެއް،" އޭނާ ވިދާޅުވި އެވެ.

ޓްރެވެލް 2 މޯލްޑިވްސް އިން އެ މައްސަލަ ވަނީ އިސްލާމިކް މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ. އެ މިނިސްޓްރީން މިއަދު ބުނީ، މަޝްއަރު ގުރޫޕްގެ އުމްރާވެރިން ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސާ ގޮތެއް މިއަދުގެ މެންދުރު 2:00 ގެ ކުރިން ލިޔުމުން އަންގައި ދިނުމަށް އެދުނަސް ޖަވާބެއް ނުލިބުނު ކަމަށެވެ.

"އެ ކުންފުނިން ފޯނުން ވެސް ލިޔުމުން ވެސް އެއްވެސް ޖަވާބެއް ނުދޭ،" އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ވިދާޅުވީ، މަޝްއަރު ގުރޫޕްގެ އުމްރާވެރިން ރާއްޖެ ގެނެސްދިނުމަކީ އެ މީހުންގެ ޒިންމާއެއްކަން އަންގާފައި ވާނެ ކަމަށާއި އެ ކަން ކުރަން ޖެހޭނެ ކަމަށެވެ.

އެކަމަކު، ދިމާވި ކަންތައްތަކުގައި މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ކުންފުނިން ފޯނުން ވެސް ލިޔުމުން ވެސް އެއްވެސް ޖަވާބެއް ނުދޭ،" --- އިސްލާމިކް މިނިސްޓްރީ

އަލް މަޝްއަރު އުމްރާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އަލީ ފާރިޝް "މިހާރު" އަށް ކުރިން ވިދާޅުވީ ޓިކެޓް ނަގައިދީ، ފްލައިޓް ޗާޓަރު ކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދިނީ "ކޭޝް ޓްރާންސްފާ" ކުރާނެ ކަމުގެ ގެރެންޓީގެ ޗެކެއް ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވި ޗެކް ޖަމާކުރުމުގެ ކުރިން އަޅުގަނޑުމެންނަށް ނޮޓިފައި ކޮށްލަން. އެއީ ހަމައެކަނި ގެރެންޓީ ޗެކެއް،" މިހާރު މައްކާގައި ހުންނެވި، ފާރިޝް ވިދާޅުވެފައި ވެ އެވެ.

އަލް މަޝްއަރު އުމްރާ ގުރޫޕުން މިދިޔަ ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.