ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޒަރީރަށް ރޭ ފަތިހު ބަޔަކު ހަމަލަ ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
01 މެއި 2023
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ޒަރީރަށް ރޭ ފަތިހު ބަޔަކު ހަމަލަ ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އޭނާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނޭނގެ އެވެ.
މީޑިއާތަކަށް ހާއްސަ ކޮށްފައިވާ ގުރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، ހަބީބީ ކެފޭ އެންޑް ބިސްޓްރޯގެ ތެރޭގައި ޒަރީރަށް ހަމަލަދިން ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ފަތިހު 5:08 ގައި ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ޒަރީރަށް ހަަމަލަދިނީ ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުންނެވެ.
ހަމަލާ ދިނުމުގައި ބައިވެރިވީ ކޮން ބައެއް ކަމެއް އަދި އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ. އެ އިދާރާ އިން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހަބީބީ ކެފޭއަކީ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއް ކަމަށް ވެ އެވެ.
ގޭންގަކުން ފުލުހުންނަށް ހަމަލަ ދިން މައްސަލަ ސީރިއަސް
"ތަހުގީގުކުރުމަކީ މަޖިލީހުގެ އިންތިޒާމާ ބެހުމެއް ނޫން"
ހައްމާދަށް ހަމަލާ ދިނީ އެކަކު: އިމްރާން
ޕޮލިސް ލައިންއަޕްގެ އުސޫލު ތައާރަފްކުރަނީ
ޖިންސީކުށުގައި ރުހުން ސާބިތުކުރާ ހެކި ހުށަހެޅޭ ބަދަލެއް
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ސައިބާކްރައިމް ހުއްޓުވުމާ ބެހޭ މުއާހަދާއަށް ރުހުންދީފި
ގެއަކަށް ވަދެ، މާރާމާރީ ހިންގި މީހަކު ހައްުޔަރުކޮށްފި
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި