ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
04 މެއި 2023
ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެ ގައުމުން ދޭން ފެށީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ކެމްބޯޑިއާ އަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނަސް، އެއަށް ވުރެ ދިގު މުއްދަތަށް ދަތުރުކުރާ މީހުންނާއި ވިޔަފާރި އާއި ތައުލީމު ހާސިލްކުރަން އެ ގައުމަށް ދާ ދިވެހިން ދުރާލާ ވިސާ ހޯދަން ޖެހޭނެ ކަމަށެވެ.
ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ވިސާ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހު އެ ގައުމުގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ގިނަ ގައުމުތަކަށް އޮން އެރައިވަލް ވިސާ ލިބޭ ގައުމެވެ. ރާއްޖެ އަށް މިހާރު 90 އަށް ވުރެ ގިނަ ގައުމުން އޮން އެރައިވަލް ވިސާ ދެ އެވެ.
ވެރިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދެވޭގޮތް ހަދައިފި
ދިވެހިންނަށް އޮމާނުން އޮން އެރައިވަލް ވިސާ ދެނީ
ޗައިނާއަށް ރާއްޖޭން އޮންއެރައިވަލް ވިސާ ދޭން ފަށައިފި
ރަޝިޔާއިން ދިވެހީންނަށް 90ދުވަހުގެ އޮންއެރައިވަލް ވިސާ
ރަޝިޔާއާ ދެކޮޅަށް ނަޝީދު ހުންނެވުމުން ސަފީރުގެ ނުރުހުން
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރާއްޖެ-އިންޑިއާ: އާ ތަސައްވަރާ ގުޅޭ ބައްދަލުވުމެއް
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި