އޮމާނުން ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ނިންމައިފި އެވެ.
30 މާޗް 2023
އޮމާނުން ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ނިންމައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އެކަމަކު އެ ވިސާ ލިބޭނީ ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ޕާސްޕޯޓަކާއި ހޮޓެލް ބުކިން އާއި އިންޝުއަރެންސާއި އެނބުރި ދިއުމުގެ ޓިކެޓް އޮވެގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ފުރުސަތު ދިވެހިންނަށް ދޭން އޮމާނުން ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަކޮށްދިން ކަމެކެވެ.
އޮމާންގައި ފަތުރުވެރިކަން ކުރިއެރުވުމަށް އޮމާނުން ވަނީ ރާއްޖޭގެ އިތުރުން އިތުރު 100 ގައުމެއްގެ ރައްޔިތުންނަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރަން މިދިޔަ މަހު ނިންމައިފަ އެވެ. އޭގެ ތެރޭގައި އޭޝިއާ އާއި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެ އެވެ.
އޮމާނުން 14 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭއިރު، 50 އެއްހާ ޑޮލަރުގެ ފީއެއް ދެއްކުމަށްފަހު ވިސާގެ މުއްދަތު އެއް މަހަށް އިތުރު ވެސް ކުރެވެ އެވެ.
ވެރިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދެވޭގޮތް ހަދައިފި
ކެމްބޯޑިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެނީ
ޗައިނާއަށް ރާއްޖޭން އޮންއެރައިވަލް ވިސާ ދޭން ފަށައިފި
ކަޒަކިސްތާނުން މިހާރު ދިވެހިންނަށް އޮން އެރައިވަލް ވިސާ
ރަޝިޔާއިން ދިވެހީންނަށް 90ދުވަހުގެ އޮންއެރައިވަލް ވިސާ
ރަޝިޔާއާ ދެކޮޅަށް ނަޝީދު ހުންނެވުމުން ސަފީރުގެ ނުރުހުން
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރާއްޖެ-އިންޑިއާ: އާ ތަސައްވަރާ ގުޅޭ ބައްދަލުވުމެއް
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި