Roadha Mihaaru
ރުވާންޑާއިން ވެސް ދިވެހިންނަށް ވިސާ ލުއި ދެނީ

ރުވާންޑާއިން ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެނީ

06 މެއި 2023

ރާއްޖެ އާއި ރުވާންޑާއާ ދެމެދު އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އާއި ރުވާންޑާއާ ދެމެދު އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާ އަށް ދަތުރުކުރާ ދިވެހިންނަށާއި އެ ގައުމުން ރާއްޖެ އަށް ދަތުރުކުރާ މީހުންނަށް ވިސާ ލުއި ދިނުމުގެ އެއްބަސްވުމެއްގައި އެ ގައުމުގެ އޮފިޝަލުންނާ އެކު އިއްޔެ ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ރުވާންޑާއާ ދެމެދު ގާތް ގުޅުމެއް އުފެދޭނެ ކަމަށް ޝާހިދުގެ ޓްވީޓެއްގައި ވެ އެވެ.

ރުވާންޑާއާ ދެމެދު އޮން އެރަވައިލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ކުރިއިރު މިހާރު ވެސް ގިނަ ގައުމުތަކަކުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެ އެވެ. އެހެންވެ، ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓް މި ވަގުތު އޮތް ގައުމެކެވެ.

ރާއްޖެ އަށް މިހާރު 100 އާ ގާތްކުރާ ގައުމުތަކުން އޮން އެރައިވަލް ވިސާ ދެ އެވެ.