އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެން ދިޔަ މީހާގެ މައުލޫމާތު އާންމުކޮށް، އޭނާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
06 މެއި 2023
އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެން ދިޔަ މީހާގެ މައުލޫމާތު އާންމުކޮށް، އޭނާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާތީ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓާ ފިލައިގެން ދިޔައީ އއ. ހިމަންދޫ ދަބުގޭ ހުސައިން ޝަހުބާން ކަމަށް ފުލުހުން ބުންޏެވެ.
ޝަހުބާން ފިލައިގެން ދިޔައީ ޕޮލިސް ސްޓޭޝަންގެ ގޯތި ތެރެއަށް އޭނާ ނެރެފައި ހުއްޓަ އެވެ.
ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކުރަން އެދޭ ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުގައި ބައިތިއްބަން ޖެހެނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ރިމާންޑް ޖަލުތަކުގަ އެވެ. އެކަމަކު އަތޮޅު ތެރޭގައި ކަރެކްޝަންސްގެ ޖަލުތައް ނުހުންނާތީ ގިނަ މީހުން ބައިތިއްބަނީ ޕޮލިސް ސްޓޭޝަންތަކުގަ އެވެ.
ފިލައިގެން އުޅުނު މީހާ ފެނުނީ ފަޅުތެރޭގައި އޮއްވައި
ރަސްދޫ ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިިލައިފި
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް
ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ޑްރަގު އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި
އޮޕަރޭޝަން އަލިމަގު: "އެންމެންނަކީ ވިޔަފާރީގައި އުޅޭ މީހުން"
"ޑްރަގްގެ ވިޔަފާރިކުރާ ނަމަ އުޅެން އުނދަގޫކުރާނަން"